އީގަލްސް ކަޓުވާލައި ބުރު ކުއާޓާ ފައިނަލަށް

Apr 11, 2023, 12:27 AM
ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު ސްޕޯޓްސް

ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގުގައި ކުޅުނު ގްރޫޕް އޭގެ ފަހު މެޗުގައި ކްލަބް އީގަލްސް އަތުން ފަހަތުން އަރައި، 5-2 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު، ކޮންމެ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެ ގޮތުން އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލު އޮތް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ދެ ވަނަ އަށް ދިޔަ ބުރަށް ތިން ޕޮއިންޓާ އެކު، ފައިދާ ވެސް ގެއްލުން ވެސް ގޯލެއް ނެތްއިރު، ފުލަށް ދިޔަ އީގަލްސް އަށް އޮތީ ތިން ޕޮއިންޓާއި ގެއްލުން އެއް ގޯލެވެ. އީގަލްސް ކެޓީ މިއަދު ބުރު އަތުން ތިން ގޯލުގެ ފަރަގުން ބަލިވުމުންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ އޭރިއާތެރެއިން އަބްދުﷲ ނަސީރު އަށް ލިބުނު ފުރުސަތުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، މުހައްމަދު މައުސޫމު ވަނީ ބުރަށް އެއްވަރުކޮށްދީފަ އެވެ. ބަދަލަކަށް ކުޅެން އެރިތާ މިނިޓެއްހާއިރު ތެރޭ އީގަލްސްގެ މުހައްމަދު ފަޒީން ވަނީ އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ އިބްރާހިމް ހަލީލް ވަނީ އީގަލްސްގެ ކީޕަރު ހުސެއިން ނާސިހު ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އީގަލްސް އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮޅުވެ، ބުރު ވަނީ 11 ޓީމު ވާދަކުރާ މުބާރާތުގެ ގަދަ އަށް ޓީމުު ކުޅޭ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސް އަށް ބޮޑަށް މައްސަލަ ދިމާވީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ، ބުރުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ އީގަލްސްގެ ފަހަތަށް ކުޅުނު އިސްމާއިލް ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޝަރީފް ފަހަތަށް ބޮލުން ޖައްސާލި ބޯޅަ ކީޕަރު ނާސިހު އަތުގައި ނުޖެހި ބޯޅަ ވަނީ ގޯލަށެވެ.

ބުރުގެ ފަހު ދެ ގޯލު ޖެހީ ހުސެއިން ހަބީބް (ހަބީ) އެވެ. ހަބީގެ ފުރަތަމަ ގޯލަކީ ހަލީލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ހަބީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ހަބީ ޖެހި ފަހު ގޯލަކީ އީގަލްސް ޑިފެންސް ފަހަތުން ހަލީލް އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަބީ އަށް ދިނުމުން އޭނާ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސްއާ އެވެ. ނިއު ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވިއިރު، ހުޅުމާލެ ވެޓަރަންސް ވަނީ އެއް މެޗުން އެއްވަރު އަދި އަނެއް މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox