ހުޅުމާލެ ވެޓެރަންސް އިން ސްޓެލްކޯ އަތުން ބޮޑު މޮޅެއް ހޯދައިފި

Apr 7, 2023, 8:56 AM
އިއްޔެގެ މެޗަށް ނެރުނު ހުޅުމާލެ ވެޓެރަންސް ޓީމުގެ ފުރަތަަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: ވެޓެރަންސް ލީގު/ ފޭސްބުކް

އިއްޔެގެ މެޗަށް ނެރުނު ހުޅުމާލެ ވެޓެރަންސް ޓީމުގެ ފުރަތަަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: ވެޓެރަންސް ލީގު/ ފޭސްބުކް

މިހާރު ކުރިއަށްދާ ސްޓެލްކޯ ވެޓެރަންސް ލީގުގައި ހުޅުމާލެ ވެޓަރަންސް އިން ކުޅުނު ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ކްލަބް ސްޓެލްކޯ އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ހުޅުމާލެ ވެޓެރަންސް އިން ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސް ދެ ވަނަ ގްރޫޕްގައި އޮތްއިރު، ކުޅުނު ފުރަތަމަ މެޗުން ވަނީ 1-1 އިން ދިވެހި ސިފައިންގެ ކްލަބާ އެއްވަރުވެފަ އެވެ. މި ގްރޫޕުން ތިން ޓީމު އަނެއް ބުރަށް ދާއިރު، ހުޅުމާލެ ވެޓަރަންސް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ދެން މި ގްރޫޕްގައި އޮތް ސްޓެލްކޯ، ސިފައިން އަދި ނިއު ރޭޑިއަންޓަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ހުޅުމާލެ ވެޓެރަންސް ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މުހައްމަދު ޖަމީލް (ޖަމްބެ) އެވެ. އެ ގޮތުން، ހުޅުމާލެ ވެޓަރަންސް އިން ޖެހި ތިން ގޯލެއްގައި މެޗުގެ މޮޅު ކުޅުންތެރިޔާ ޖަމްބެ އިސް ރޯލެއް ކުޅުނެވެ.

ހުޅުމާލެ ވެޓަރަންސް އިން ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ހުސެއިން ޝިމާޒް (ކޮކީ) ޖެހި ގޯލަކުންނެވެ. މި ގޯލު ޖެހީ ފައުލެއް ކޮށްފައި ކަމަށް ސްޓެލްކޯ އިން އެޕީލްކުރި އެވެ. ހުޅުމާލެ ވެޓަރަންސްގެ ދެ ވަނަ ގޯލު ޖަމްބެ ވަނީ ހަަމަޖެހިލައިފައި ލިބުނު ފުރުސަތުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ފަހުން، ޖަމްބެ ބޮލުން ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ކެޕްޓަން، އިސްމާއިލް މުހައްމަދު (އިއްސެ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ހުޅުމާލެ ވެޓަރަންސްގެ ފަހު ގޯލު ވެސް ޖެހީ ޖަމްބެ އެވެ. އޭނާ މި ލަނޑު ޖެހީ ސްޓެލްކޯ ކީޕަރު ހުސެއިން ހަބީބް (ހަބީ) އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ވެޓަރަންސް ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ. ސޮކަ މޭޓްސް ފުރަތަމަ މެޗު ހުއްރިއްޔާއާ އެއްވަރުވިއިރު، ގްރީން ސްޓްރީޓްސް ފުރަތަމަ މެޗުން ވަނީ ޕޮލިސް ކްލަބް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox