ބުރު ބަލިކޮށް ދަ ގްރާންޑޭ ވެޓެރަންސް ލީގުގައި ކުރިއަށް

Apr 6, 2023, 12:44 AM
އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސްޓެލްކޯ ވެޓެރަންސް ލީގު 2023 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް އޭގައި މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން، މި ގްރޫޕްގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އިން ވަނީ 3-1 އިން ދަ ގްރާންޑޭ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ގްރާންޑޭ އިން ވަނީ 3-0 އިން ބުރުގެ މައްޗަށް ކުރިހޯދައިފަ އެވެ. ދަ ގްރާންޑޭ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އީގަލްސްއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. ދަ ގްރާންޑޭ އަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުއިރު، ޖެހި ގޯލުންނެވެ.

މި ގްރޫޕުން ދެން އަނެއް ބުރަށް ދާ ޓީމެއް އެނގޭނީ މި މަހު 10 ވަނަ ދުވަހު ބުރާއި އީގަލްސް ކުޅޭ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އީގަލްސް އަށް އަނެއް ބުރަށް ދެވޭއިރު، ބުރަށް އަނެއް ބުރުގެ ފުރުސަތު އޮތީ ހަތަރު ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އަށް ބުރުގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލީޑުނަގައިދިނީ އަލީ ނާޝިދު ގޯލު ޖަހައިގެންނެވެ. ބުރުން ވެސް ގޯލު ޖަހާނެ ފުރުސަތު ހޯދި މި މެޗުގައި، ދަ ގްރާންޑޭ އިން ވަނީ ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ކެޕްޓަން، އަހުމަދު ޝަކީބް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޝަކީބް އެވެ.

މުބާރާތުގައި މިއަދު ހަވީރު، 16:30 ގައި ކުޅޭ މެޗުގައި ހުޅުމާލެ ވެޓެރަންސް ކްލަބް ބައްދަލުކުރާނީ ސްޓެލްކޯއާ އެވެ. ހުޅުމާލެ ވެޓެރަންސް ފުރަތަމަ މެޗު ސިފައިންނާ އެއްވަރުވިއިރު، ސްޓެލްކޯ އިން ވަނީ ނިއު ރޭޑިއަންޓާ އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox