ޓްވިޓާގައި އުޅޭ މީހުންނަށް ވުރެ ރަނގަޅަށް ގާޑިއޯލާ އަށް އެނގޭ

Mar 17, 2023, 6:25 AM
ޓްވިޓާގައި އުޅޭ މީހުންނަށް ވުރެ ރަނގަޅަށް ގާޑިއޯލާ އަށް އެނގޭ

މެންޗެސްޓާ (މާޗް 17) - މެންޗެސްޓާ ސިޓީ ޓީމުގައި ތިބި ކުޅުންތެރިންނާ ބެހޭގޮތުންނާއި ސިޓީއާ ދެކޮޅަށް މެޗުތަކުގައި ކުޅޭ ޓީމުތަކާ ބެހޭ މައުލޫމާތު "ޓްވިޓާގައި އުޅޭ މީހުންނަށް" ވުރެ ބޮޑަށް އޭނާ އަށް އެނގޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ކުރިން މީޑިއާ އިން ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ސިޓީން ފުރަތަމަ ލެގުގައި 1-1 އިން ލައިޕްޒިގު ދަނޑުގައި އެއްވަރުވި މެޗުގައި ހިނގައިދިޔަ ކަންތައްތައް ވަރަށް ރަނގަޅަށް ދިރާސާ ކުރި ކަމަށެެވެ.

"އަހަންނަށް އެ ކަންކަން ދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ، ޓްވިޓާގައި އުޅޭ މީހުންނާ ދެން ވެސް ތިބި މީހުންނަށް ވުރެ ރަނގަޅަށް އަހަރެން އަމިއްލަ ޓީމާއި އިދިކޮޅު ޓީމުގެ ކަންކަން ހޯދަން،" ގާޑިއޯލާ ބުންޏެވެ.

ސިޓީން ވަނީ ދެ ވަނަ ލެގުގައި ލައިޕްޒިގު އަތުން 7-0 އިން މޮޅުވެފަ އެެވެ. އެ މެޗަށް ފަހު ގާޑިއޯލާއާ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ބުނީ، ކުރިން ބުނި ގޮތަށް ޓީމުތަކުގެ މައުލޫމާތު އެއްކުރުމަކީ ކޯޗުންގެ ވަޒީފާގެ ބައެއް ކަމަށާއި ލައިޕްޒިގު އެހާ ތަފާތުކޮށް ބަލިކުރެވުނީ ސިޓީގެ ތައްޔާރީތައް ރަނގަޅުވުމުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިއަދު އޮންނަ ގުރުއަތުލުމަށް ފަހު އެވެ.

ސިޓީގެ އިތުރުން ކުއާޓާ ފައިނަލުގައި އޮތީ، އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން، ނަޕޯލީ، ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް, އިންގްލެންޑްގެ ޗެލްސީ އާއި ޕޯޗުގަލްގެ ބެންފީކާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox