ބެޓިސް އާއި ރެއާލް އެއްވަރު، ބާސެލޯނާ އަށް ނުވަ ޕޮއިންޓުގެ ލީޑެއް

Mar 6, 2023, 4:22 AM
ރޭގެ މެޗުގެ ތެރެއިން ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ.

ރޭގެ މެޗުގެ ތެރެއިން ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ.

ބާސެލޯނާ (މާޗް 6) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބާސެލޯނާ އިން 1-0 އިން ވެލެންސިއާ ބަލިކުރި މެޗަށް ފަހު، ރެއާލުން ބެޓިސްއާ ބައްދަލުކުރި މެޗު ކުޅުނުއިރު، ރެއާލަށް މި މެޗުގައި މޮޅެއް ނުހޯދި ލީގުގެ ރޭހުގައި އިތުރު ގޮންޖެހުމެއް ވަނީ ކުރިމަތިވެފަ އެވެ. ބާސެލޯނާ އަށް 24 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ރެއާލްގެ އޮތީ 24 މެޗުން 53 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 15 ވަނަ މިނިޓްގަ އެވެ. މިއީ، ސާޖީ ބުސްކެޓްސް ނެގި ބޯޅައަކުން ރަފީނިއާ ބޮލުން ޖެހި ގޯލެކެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ފެރާން ޓޮރޭޒް ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ ދަނޑިކައިރިން ބޭރުވެފަ އެވެ.

ބާސެލޯނާ އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 59 ވަނަ މިނިޓްގައި އެ ޓީމުގެ ރޮނާލްޑް އަރައުހޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އަރައުހޯ އަށް ރަތް ކާޑެއް ދެއްކީ ވެލެންސިއާގެ ހޫގޯ ޑޫރޯ ކުރަން އުޅުނު އެޓޭކެއް ހުއްޓުވަން ފައުލުކުރުމުންނެވެ.

މި މެޗުގައި ބާސެލޯނާ ކޮޅަށް ގޯލެއް ނުވަދެ ނިމުނުއިރު، މި ފަހަރުގެ ލީގުގައި އެ ޓީމުން ކުޅުނު 24 މެޗުގެ ތެރެއިން 18 މެޗު ނިމުނީ ކޮޅަށް ގޯލެއް ނުވަދެ އެވެ.

ބެޓިސް ދަނޑުގައި ރޭގެ މެޗުގައި ރެއާލްގެ ކަރިމް ބެންޒެމާ ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ އެ ޓީމުގެ އެންޓޯނިއޯ ރޫޑިގާ އަތުގައި ޖެހުމުންނެވެ. މި މެޗުގައި ރެއާލްގެ ބެންޒެމާ އާއި ވިނީޝިއުސް ޖޫނިއާ ފޮނުވާލި ހަމަލާތަކެއް ބެޓިސްގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ. ބެޓިސް އަށް ގޯލު ޖަހައިދޭން ހުއާން މިރާންޑާ އާއި އަޔޯޒީ ޕެރޭޒް ފޮނުވާލި ޝޮޓްތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މި ހިސާބުން ރެއާލަށް ލީގު ދިފާއުކުރުމުގެ ހުރިހާ ދޮރެއް ބަންދުވީ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ރެއާލްގެ ކުޅުންތެރިން ތިބީ އެކަން އެ ގޮތަށް ދޫކޮށްލާ ގޮތަށް ނޫން ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox