ފިރްމީނޯ 8 އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމައިފި

Mar 4, 2023, 9:39 AM
ފިރްމީނޯ 8 އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމައިފި

ލިވަޕޫލް (މާޗް 4) - ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ އަށް އަހަރަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

ފިރްމީނޯ، ލިވަޕޫލާ ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ހޮފެންހައިމް ދޫކޮށް 33 މިިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ލިވަޕޫލަށް ފިރްމީނޯ ގެންނަން ނިންމީ އެ ޓީމަށް އޭރު ކޯޗުކޮށްދިން ބްރެންޑަން ރޮޖާސް އެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު، ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ޑޯޓްމަންޑްގައި ހުރެ ގެންނަން މަސައްކަތް ކުރި އެއް ކުޅުންތެރިއަކީ ފިރްމީނޯ ކަމަށް ބުނެފަ އެވެ.

ލިވަޕޫލާ އެކު، ފިރްމީނޯ، 31، ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ކުރު ކޮންޓްރެކްޓެއްގައި ފިރްމީނޯ ލިވަޕޫލާ އެކު ސޮއިކުރަން މަޝްވަރާ ކުރި ނަމަވެސް އެކަން ދިގުލައި ގޮސް، އެންމެ ފަހުން މި ސީޒަން ނިމުމުން ފިރްމީނޯ ހިލޭ ޑީލެއްގައި ލިވަޕޫލް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އަދި އެކަން ލިވަޕޫލްގެ ކޯޗު ކްލޮޕަށް ވެސް ވަނީ އަންގައިފަ އެވެ.

މި ސީޒަނުގައި އަނިޔާގެ މައްސަލަތަކާ ހެދި ކުޅުމާ ދުރަށް ދާން ޖެހުނު ފިރްމީނޯ ވަނީ އެ ޓީމަށް 26 މެޗުން ނުވަ ގޯލު ޖަހައިފަ އެެވެ.

ލިވަޕޫލާ އެކު ކްލަބް ފުޓްބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފިރްމީނޯ ވަނީ އެ ޓީމަށް ކުޅެދިން 353 މެޗުން 107 ގޯލު ޖަހައި، 70 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ފިރްމީނޯ އަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބްރެޒިލްގެ ކުޅުންތެރިޔާ އެވެ. ފިރްމީނޯ ވަނީ ޕްރިމިއާ ލީގުގައި 71 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox