ރެފްރީ މައްސަލައިގައި މޮރީނިއޯ އަށް 10،000 ޑޮލަރުގެ ޖޫރިމަނާއެއް!

Mar 3, 2023, 4:04 AM
ކްރެމޮނެސޭއާ ދެކޮޅަށް ރޯމާ ކުޅުނު މެޗުގެ ތެރެއިން މޮރީނިއޯ.

ކްރެމޮނެސޭއާ ދެކޮޅަށް ރޯމާ ކުޅުނު މެޗުގެ ތެރެއިން މޮރީނިއޯ.

މިލާން (މާޗް 3) - އިޓާލިއަން ލީގުގައި އެންމެ ފަހުން ކްރެމޮނެސޭ އަތުން 2-1 އިން އޭއެސް ރޯމާ ބަލިވި މެޗުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ، ރެފްރީއާ ދިމާކޮށްލި މައްސަލަައިގައި އޭނާ ދެއްކި ރަތް ކާޑާ އެކު، އެ މެޗަށް ފަހު ހިނގާދިޔަ ކަންތައްތަކުގެ މައްސަލަ ބަލައި، މޮރީނިއޯ 10،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ކްރެމޮނެސޭ އަތުން ރޯމާ ބަލިވި މެޗުގައި މޮރީނިއޯ އަށް ދެއްކީ މި ސީޒަނުގައި އޭނާ އަށް ދެއްކި ތިން ވަނަ ރަތް ކާޑެވެ. އިޓާލިއަން ލީގުގައި މި ފަހަރު އެންމެ ރަތް ކާޑު ގިނައީ ވެސް މޮރީނިއޯގެ އެވެ.

މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ ހަތަރު ވަނަ އޮފިޝަލް، މާކޯ ސޭރާއާ ދިމާކޮށްލާފައިވާތީ އާއި ތަކުރާރުކޮށް ރެފްރީގެ ނިންމުމަށް ފާޑުކިޔައިފައިވާތީ އެވެ. މޮރީނިއޯ، އަށް ރަތް ކާޑު ދައްކައި، ބެންޗުން ފޮނުވާލީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭގަ އެވެ.

އެ މެޗަށް ފަހު މޮރީނިއޯ ވަނީ ރެފްރީންގެ ރޫމަށް ވަދެ، ސޭރާއާ ވާހަކަ ދައްކަން މަސައްކަތް ކޮށްފަ އެވެ. އަދި ރެފްރީންގެ ރޫމަށް މޮރީނިއޮ ވަތް މައްސަލައާ ގުޅޭ ކަންތައްތައް ބަލައި، އޭނާ ދެ މެޗަށް ސަސްޕެންޑްކޮށް، 10،000 ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ.

މޮރީނިއޯ، ރެފްރީންގެ ރޫމަށް ވަދެ، ދެއްކި ވާހަކަތައް އިޓަލީގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން މޮރީނިއޯ ވަނީ ސޭރާ ގަސްދުގައި ރޯމާއާ ދެކޮޅަށް ނިންމުންތައް ނިންމަން މެޗު ރެފްރީ އަށް ލަފާދީފައިވާ ކަމަށް ބުނެ، ތުހުމަތުކޮށްފަ އެވެ. އަދި ސޭރާ އެ ކަމަށް މާފަށް އެދެން ވެސް މޮރީނިއޯ ޑިމާންޑްކުރި އެވެ.

ސޭރާ މާފަށް އެދެން ދެކޮޅު ހެދުމުން މޮރީނިއޯ ބުނެފައިވަނީ ކަންތައްތައް ހިނގާގޮތް އެނގޭ ކަމަށާއި ސޭރާ އަކީ ޓިއުރިން އަށް ނިސްބަތްވާ މީހެއް ކަމަށްވާތީ، އޭނާ ބޭނުންވީ އާދިއްތަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ރޯމާ ކުޅޭ މެޗަށް މޮރީނިއޯ ސަސްޕެންޑްކޮށް، ބެންޗަށް ނާދެވޭ ގޮތް ހެދުމަށް ކަމަށެވެ.

މޮރީނިއޯގެ އެ ވާހަކަ އަށް ރައްދުދިނުމުގެ ގޮތުން ސޭރާ ބުނީ އެ ވާހަކަ އެ ގޮތަށް ހަދަހަދައިގެން މޮރީނިއޯ ދައްކާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ހަގީގަތުގައި މޮރީނިއޯ ޖަޒުބާތުގައި ޖެހިގެން ހެދުނީ ގޯހެއްކަން އެއްބަސްވާން ޖެހޭ ކަމަށެވެ.

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox