ބަހްރޭނުން 292 ލަނޑުން ރާއްޖެ ބަލިކޮށްފި

Feb 26, 2023, 11:35 AM
އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް.

އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް.

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ދެ ވަނަ މެޗުން ބަހްރޭން އަތުން 292 ލަނޑުން ބަލިވެއްޖެ އެވެ.

ތައިލެންޑުގައި ކުޅޭ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއި އިރާން އަދި ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުގައި އިރާން އަތުން 27 ލަނޑުން މޮޅުވެފަ އެވެ.

ތައިލެންޑުގެ އޭއައިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިއަދު ރާއްޖެ އަށް ޓޮސް ދިމާވުމުން ނިންމީ ހޮވުމަށެވެ. ބަހުރޭނުން ވަނީ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 380 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 31.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ސްކޯ ވެސް އެކަށޭނެ ވަރަށް ނުކުރެވުނެވެ. ރާއްޖެ އަށް މި މެޗުގައި ހެދުނީ އެންމެ 88 ލަނޑެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު މަހުފޫޒް ވަނީ 41 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ. ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އަށް އެއްކުރެވުނީ 12 ލަނޑެވެ.

ބަހްރޭން އަތުން ބަލިވި ނަމަވެސް ރާއްޖެ އަށް އަދިވެސް ސެމީ ފައިނަލްގެ ފުރުސަތު އޮތީ ފަހިކޮށެވެ. އެއީ އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު މޮޅެއް ހޯދައިގެންނެވެ. ބޫޓާން ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަަތަމަ މެޗުގައި ބަހްރޭން އަތުން ހަތް ވިކެޓުން ބަލިވިއިރު، ދެ ވަނަ މެޗުގައި މިއަދު އިރާން އަތުން ބަލިވީ 50 ލަނޑުންނެވެ.

ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ ރާއްޖެ އަށް ކުޅެން ޖެހޭނީ އަނެއް ގްރޫޕުގައި ހިމެނޭ ތައިލެންޑާއި އިންޑޮނޭސިއާ އާއި މިޔަންމާ އަދި ސައުދީ އަރަބިއްއާ ތެރެއިން ޓީމަކާ އެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއް ވަނަ ކުޅޭނީ ގްރޫޕް ދޭއްގެ ދެ ވަނަ ޓީމާ އެވެ. އަދި ގްރޫޕް ދޭއްގެ އެއް ވަނަ ކުޅޭނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާ އެވެ.

އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެއް އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށް ދާނެ އެވެ. އެ މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox