މާމިގިއްޔާއި ބޮޑުފޮޅުދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Feb 24, 2023, 2:12 PM
އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މާމިގިލި ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ

އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މާމިގިލި ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، އދ. މާމިގިއްޔާއި އއ. ބޮޑުފޮޅުދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު އދ. އަތޮޅުގެ ފައިނަލުގައި މަހިބަދޫ އަތުން 3-2 އިން މޮޅުވެ، މާމިގިލިން ވަނީ އެ އަތޮޅު ތަށި ދިފާއުކޮށްފަ އެވެ. އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރި އަތުން ބޮޑުފޮޅުދޫ މޮޅުވީ 5-2 އިންނެވެ.

ވިއްސާރަ ވެހުނު ވަގުތެއްގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލީޑުނެގީ މަހިބަދޫންނެވެ. މިއީ ޕެނަލްޓީ އަކުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ގޯލެކެވެ. އަހުމަދު ނިޒާމް (ނިޒާމްބެ) އޭރިއާބޭރުން ޖެހި ގޯލުން މާމިގިލިން އެއްވަރުކުރިއިރު، އެ އަހުމަދު މަމްދޫހު ބޮލުން ގޯލެއް ޖަހައި، މާމިގިއްޔަށް ލީޑުނަގައިދިނެވެ. މަހިބަދޫން އެއްވަރުކުރީ ގާސިމް ސަންމާމު (ސަންމެ) އޭރިއާބޭރުން ޖެހި ގޯލުންނެވެ. އެކަމަކު، ފަހު މިނިޓްގައި މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) ބޮލުން ގޯލެއް ޖަހައި އެ ޓީމު މޮޅުކޮށްދިނީ އެވެ.

މަތިވެރި ބަލިކުރުމަށް ފަހު އއ. ޗެމްޕިއަންކަން ހޯދި ބޮޑުފޮޅުދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ. ---- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ

މަތިވެރިއާ ދެކޮޅަށް ބޮޑުފޮޅުދޫން ވަނީ މޮޅަށް ކުޅެ ކާމިޔާބު ހޯދައިފަ އެވެ. ބޮޑުފޮޅުދޫގެ ގޯލުތައް ކާމިޔާބުކުރީ ރުކުޝާން ޖަމީލް، އަހުމަދު ރިޔުޝާން، ޖާދުﷲ އަހުމަދު، އަލީ ޝަނީޒް އަދި ހުސެއިން ނަވާޒް އެވެ. މަތިވެރީގެ ގޯލުތައް ޖެހީ މުހައްމަދު އިމްރާން އާއި އަލީ އަލްސަން އެވެ.

ޒޯން އެކެއްގެ ފުރަތަމަ މޮޅު ނައިވާދޫ އަށް

ޒޯން އެކެއްގެ ފުރަތަމަ ގްރޫޕްގައި އޮތީ ހދ. ޗެމްޕިއަން ނައިވާދޫ އާއ ރަނަރަޕް، ނޭކުރެންދޫގެ އިތުރުން ހއ. ޗެމްޕިއަން، އުތީމު އެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުން ނައިވާދޫން ވަނީ ފަހަތުން އަރައި 5-3 އިން ނޭކުރެންދޫ ބަލިކޮށްފަ އެވެ. މިއީ މި އަހަރުގެ މުބާރާތުގައި ނޭކުރެންދޫން ނައިވާދޫ އަތުން ބަލިވި ތިން ވަނަ ފަހަރެވެ. އެއީ އަތޮޅު ގްރޫޕް ސްޓޭޖާއި އަތޮޅު ފައިނަލާއި ޒޯންގަ އެވެ.

އަލީ އިފާޒް (އިފައްޑޭ) އާއި މުހައްމަދު ފަރުހާން (ފަރުއްކޮ)ގެ ގޯލުތަކުން ނޭކުރެންދޫން ލީޑުނެގި ނަމަވެސް ނައިވާދޫން ވަނީ ފަހަތުން އަރައި ފަސް ގޯލު ޖަަހައިފަ އެވެ. ނައިވާދޫގެ ކެޕްޓަން، އަބްދުﷲ ޝާފިއު (ޝާއްޕެ) ތިން ގޯލު ޖަހައި، ހެޓްރިކެއް ހެދިއިރު، އަބްދުﷲ ވިސާމް އާއި ޔާމީން މުހައްމަދު (ޔާންޓެ) ވަނީ ގޯލެއް ޖަހައިފަ އެވެ.

ޒޯން އެކެެއްގެ ދެ ވަނަ ގްރޫޕްގެ މެޗުން ށ. އަތޮޅުގެ ޗެމްޕިއަން، ފޯކައިދޫ ވަނީ އެ އަތޮޅު ރަނަރަޕް، ކަނޑިތީމާ 1-1 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގައި ދެން އޮތީ ހއ.ގެ ރަަނަރަޕް، ފިއްލަދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ، ހަތަރު އަތޮޅެއްގެ ފައިނަލް އޮންނާނެ އެވެ. އެއީ ލ، ތ، ޅ އަދި ގދ. އަތޮޅުގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox