އޭސީސީ ޗެލެންޖާސް ކަޕް ފުރަތަމަ މެޗުގައި ރާއްޖޭން އިރާން ބަލިކޮށްފި

Feb 24, 2023, 9:27 AM
ޗެލެންޖާސް ކަޕްގައި މިއަދު ރާއްޖެ އާއި އިރާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޗެލެންޖާސް ކަޕްގައި މިއަދު ރާއްޖެ އާއި އިރާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ތައިލެންޑްގައި މިއަދު ފެށި އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭން އީރާން އަތުން 27 ލަނޑުން މޮޅުވެއްޖެ އެވެ.

އަށް ގައުމަކުން ވާދަކުރާ މި މުބާރާތް 50 އޯވަރުގެ ފޯމެޓަށް ކުޅޭއިރު، ރާއްޖެ ހިމެނެނީ އިރާނާއި ބޫޓާންގެ އިތުރުން ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި އިރާން އަތުން މޮޅުވިއިރު، މިއީ މި މުބާރާތުގައި ކުރިއަށްދާން ބަލާއިރު ދިވެހި ޓީމުން ކުރިއަށް އެޅި ރަނގަޅު ފިޔަވަޅެކެވެ. ރާއްޖެ ގްރޫޕްގެ އަނެއް މެޗުން ބަހްރޭނުން ވަނީ ހަތް ވިކެޓުން ބޫޓާން ބަލިކޮށްފަ އެވެ.

ޓެރްދްތާއީ ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށަން ނެގި ޓޮސް ދިމާވީ ރާއްޖެ އަށް ރާއްޖޭން ނިންމީ ބެޓް ކުރުމަށެވެ.

ރާއްޖޭން ކުޅެން އަރައި، 31.2 އޯވަރުގެ ތެރޭގައި ވަނީ 157 ލަނޑު ހަދައިފަ އެވެ. ރާއްޖެ އަށް އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 40 ބޯޅައިން 58 ލަނޑު ހެދި ޓީމުގެ ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. ދެން، ރާއްޖެ ޓީމަށް ބެޓިންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ލަނޑު އެއްކުރި އިބްރާހިމް ރިޒާން އާއި ނުބައިނުވެ، 17 ލަނޑު ހެދި ޝުނާން އަލީ އެވެ.

ޖަވާބުގައި އިރާނުން ކުޅެން އަރައި، 42.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. ބޯލިން އަށް ބަލާއިރު، އާދަޅޭ އާއި ހަަސަން އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެ އެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ. މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox