އަމިއްލަ ގައުމުގައި ޝަހާ ކުޅޭ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށް އުންމީދާ އެކު

Feb 23, 2023, 5:00 AM
އަމިއްލަ ގައުމުގައި ޝަހާ ކުޅޭ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށް އުންމީދާ އެކު

ރާއްޖޭން 2017 ވަނަ އަހަރު އެފްއައިވީބީ ކޮލިފައިން މުބާރާތް ހޯސްޓްކުރިއިރު، އޭރު އައިމިނަތު ޝަހާ ޝާމިން ޓީމަކު ނުހިމެނެ އެވެ. އެކަމަކު، އޭގެ ހަ އަހަރު ފަހުން، މިއަދު ރާއްޖޭގައި ފޯ ނޭޝަންސް ކަޕްގެ ނަމުގައި އިންޓަނޭޝަނަލް މުބާރާތެއް ހޯސްޓްކުރާއިރު، ޝަހާ ވަނީ މިދިޔަ އަހަރުތަކުގައި ސީނިއާ ޓީމުގައި ހިމެނިގެން މުބާރާތްތަކެއް ކުޅެ، މުހިންމު ތަޖުރިބާތަކާއި ކާމިޔާބީ ވެސް ހާސިލްކޮށްފަ އެވެ.

މި ފަހަރުގެ މި ފޯ ނޭޝަންސް ކަޕަކީ އަމިއްލަ ގައުމުގައި ޝަހާ ކުޅޭނެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށްވާއިރު، އޭނާ ހުރީ މި މުބާރާތުން ވެސް ހާއްސަ ކާމިޔާބީއެއްގެ އުންމީދަކާ އެކު އެވެ.

ރާއްޖޭގެ އެންމެ އުންމީދީ އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު، 2019 ވަނަ އަހަރު ހޯދާފައިވާ ޝަހާ އަކީ މިހާރު ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ނޭޕާލުގައި 2019 ވަނަ އަހަރު ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އަންހެން މުބާރާތުން ރާއްޖޭން ރިހި މެޑަލް ހޯދި ޓީމުގައި ޝަހާ ކުޅުނުއިރު، އެންމެ ފަހުން ބަންގްލަދޭޝްގައި 2021 ވަނަ އަހަރު ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން އަންހެން މުބާރާތުގައި ޓީމުގެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ޝަހާ ހިމެނުނެވެ.

އެ ހުރިހާ ތަޖުރިބާ އަކަށް ފަހު، އަމިއްލަ ގައުމުގައި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ކުޅެން ތައްޔާރުވާއިރު، ޝަހާ ހުރީ އުންމީދެއްގަ އެވެ.

"މުބާރާތް އޮތީމަ ވަރަށް އުފާވޭ، މިއީ ޝަހާގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ރާއްޖޭގައި ކުޅޭ. ދެން އަޅުގަނޑު ދެކެނީ މިއީ ހުރިހާ ޔަންގް އަރަމުން އަންނަ ވޮލީ ކުޅޭ ހުރިހާ ކުޅުންތެރިންނަށް ވެސް އަސްލު ރަނގަޅު ޗާންސެކޭ ކުޅުން ދައްކަން،" ޝަހާ ބުންޏެވެ.

"މިސާލަކަށް މިއީ ގޯލްޑް އެޅުވޭ ވަރުގެ މުބާރާތެއް ކަމަށް އަޅުގަނޑު އަމިއްލަ އަށް ވެސް ދެކެނީ. އެހެންވީމަ، އެހާ މަސައްކަތް ކުރެވިއްޖިއްޔާމު. ގޯލްޑަން ޗާންސެއް މި އޮތީ ލިބިފައި، ރާއްޖޭގައި މި މުބާރާތް ކުޅެގެން އެކަން ހާސިލްކުރަން،"

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ރާއްޖޭން ކުޅެން ޖެހެނީ ސިންގަޕޫރާއި މެލޭޝިއާއާ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް މާދަމާ ހަވީރު 16:30 ކުޅޭނެ އެވެ.

އަންހެން ޑިވިޝަނުގެ ފޯމެޓް ރޭވިފައިވާ ގޮތަށް ބަލާއިރު، ތިން ޓީމު ކުޅޭ ލީގު ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ކޮލިފައިވާނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox