އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް އެކުލަވާލައިފި

Feb 17, 2023, 1:12 PM
ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ބައިނަލްއަގުވާމީ. މެޗެއްގެ ތެރެއިން.

ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ބައިނަލްއަގުވާމީ. މެޗެއްގެ ތެރެއިން.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ކްރިކެޓް ޓީމު އެކުލަވާލައިފި އެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި އަންނަ މަހުގެ 24 އިން މާޗް ހަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޖާސް ކަޕްގައި އަށް ގައުމަކުން ވާދަކުރާނެ އެވެ.

އޯޑީއައި ފޯމެޓަށް ކުޅެ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ބަހްރެއިން، ބޫޓާން އަދި އީރާން އާއިއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދިއަރަބިއްޔާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާ އެވެ.

އޭސީސީ ޗެލެންޖުކަޕަށް ގައުމީ ޓީމް މިހާރު އެކުލަވާލާފައިވާއިރު، މުބާރާތުގައި ޓީމްގެ ކެޕްޓަންގެ ޒިންމާ އަދާކުރާނީ އާދަމް ނަސީފް އުމަރު އެވެ.

ގައުމީ ޓީމްގެ ކެޕްޓަނަކަށް މިދިޔަ އަހަރު ހަމަޖެއްސި އަޒްޔާން ފަރުހަތު ޖަލީލް ހުރީ އަނިޔާގަ އެވެ. މި މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަންކަން ހަވާލްކޮށްފައިވަނީ އަހުމަދު އަމީލްއާ އެވެ.

މިފަހަރުގެ ޓީމްގައި ޒުވާން ވިކެޓްކީޕަރު ޝިއުސް ފަރީދު ހިމަނާފައިވާއިރު، ތަޖުރިބާކާރު ސްޕިން ބޯލަރު މުހައްމަދު މަހްފޫޒު ވެސް ޓީމްގައި ހިމެނެ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ކުލަބަކަށް ކުޅެމުން އައި ބާރު އުކުންތެރިޔާ ހަސަން އިބްރާހިމްވެސް ޓީމްގައި ހިމެނެ އެވެ.

ގައުމީ ޓީމްގެ ކޯޗަކަށް މި މުބާރާތުގައިވެސް ހަރަކާތްތެރިވާނީ އަހުމަދު ނީޝާމް އެވެ. އޭނާގެ އެހީތެރިއަކީ އިމާދު އިސްމާއިލް އެވެ. މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ޝާޒު އެވެ.

މިމަހުގެ ފަހުކޮޅު އޮންނަ މުބާރާތަށް ގައުމީ ޓީމްގެ ޕްރެކްޓިސްތައް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެ އެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ. މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ގައުމީ ޓީމް:

އާދަމް ނާސިފް - ބެޓްސްމަން (ކެޕްޓަން)

އަހުމަދު އަމީލް - އޯލް ރައުންޑަރ (ވައިސް ކެޕްޓަން)

މުހައްމަދު ރިޝްވާން - ބެޓްސްމަން

ހަސަން ހާޒިގް - ވިކެޓް ކީޕަރު/ބެޓްސްމަން

އިބްރާހިމް ނަޝާތު - އޯލް އިރައުންޑަރ

މުހައްމަދު އައްޒާމް - ވިކެޓްކީޕަރު/ބެޓްސްމަން

އިބްރާހިމް ނަޒްވާން - އޯލް ރައުންޑަރ

އިސްމާއިލް އަލީ - ބެޓްސްމަން

ޝިއުޒް ފަރީދު - ބެޓްސްމަން

ލީމް ޝަފީގް - ބޯލަރ

ހަސަން އިބްރާހިމް - ބޯލަރ

އިބްރާހިމް ރިޒާން - ބޯލަރ

އަލީ ޝުނާން - ބޯލަރ

މުހައްމަދު މަހުފޫޒު - ބޯލަރ

ކޯޗު : އަހުމަދު ނީޝަމް

ކޯޗު: އިމާދު އިސްމާއިލް

މެނޭޖަރު: އިބްރާހިމް ޝާޒް

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox