އަޓްސޫ ސަލާމަތްކުރީ ބިންހެލުުމުގައި ވެއްޓުނު އިމާރާތެއްގެ ތެރެއިން

Feb 8, 2023, 3:40 AM
މިދިޔަ ސެޕްޓެމްބަރު މަހު ހަތެޔާސްޕޯގެ ޕްރެކްޓިހެއްގެ ތެރެއިން އަޓްސޫ: އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން.

މިދިޔަ ސެޕްޓެމްބަރު މަހު ހަތެޔާސްޕޯގެ ޕްރެކްޓިހެއްގެ ތެރެއިން އަޓްސޫ: އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން.

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 8) - ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ހަލާކުވެފައި އޮތް ބައިތަކުގެ ތެރެއިން، ތުރުކީގެ ސުޕަ ލީގުގެ ކްލަބް، ހަތެޔާސްޕޯ އަށް ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު ކްރިސްޓިއަން އަޓްސޫ ސަލާމަތްކޮށްފި އެވެ.

ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ ބިންހެލުމަކާ ގުޅިގެން ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. ހަތަރު ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް އިތުރެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަަހައްދު ހަތެޔާގެ ކްލަބް، ހަތެޔާސްޕޯ އަށް ކުޅެމުން އަންނަ އަޓްސޫ، 31، ގެ އިތުރުން އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ތަނޭރު ސަވޫތު ވެސް ވީނުވީއެއް ނޭނގިގެން ހަތެޔާސްޕޯގެ ނައިބު ރައީސް މުސްތަފާ އޯޒާތު ވަނީ މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަތެޔާސްޕޯ އިން ވެސް ވަނީ އަޓްސޫ ސަލާމަތްކުރެވިފައިވާ ކަމަަށް ބުނެފަ އެވެ. އެކަމަކު، ހަތެޔާސްޕޯގެ ނައިބު ރައީސް އޯޒާތު ބުނީ ސަވޫތު ހޯދަން ކުރާ މަސައްކަތުގައި އަދި ކާމިޔާބެއް ނުލިބޭ ކަމަށެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، ނިއުކާސަލް ޔުނައިޓެޑް، އެވަޓަން އަދި ބޯންމައުތަށް ވެސް ކުޅުނު އަޓްސޫ އަށް، އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާއިރު، 24 ގަޑިއިރެއްހާއިރު، އޭނާ ވެއްޓުނު އިމާރާތުގެ ތެރޭގައި ތާށިވެފައި އޮތެވެ. މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ އޭނާގެ ކަންކަން ގާތުން ބަލަމުންނެވެ.

ސައުދީ އަރަބިއްޔާގެ އަލް ރާއެދް ދޫކޮށް މިދިޔަ ސެޕްޓެމްބަރު މަހު ހަތެޔާސްޕޯ އަށް ބަދަލުވި އަޓްސޫ ވަނީ ގާނާ ގައުމީ ޓީމަށް 65 މެޗު ކުޅެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު، ތުރުކީ ސުޕަ ލީގުގައި ހަތެޔާސްޕޯ ކުޅުނު މެޗުގެ ފަހު ވަގުތުގައި އެ ޓީމު މޮޅުވި ގޯލު ޖެހީ އަޓްސޫ އެވެ. މެޗުގެ އިތުރު ވަގުތުގައި ކަސިމްޕާސާ ކޮޅަށް އަޓްސޫ މި ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox