ގެލެކްސީ އެސް 23 ސީރީޒް ގެ ފޯނުތައް ދައްކާލައިފި

އެސް 23، އެސް 23 ޕްލަސް އަދި އެސް 23 އަލްޓްރާ

އެސް 23، އެސް 23 ޕްލަސް އަދި އެސް 23 އަލްޓްރާ

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސެންގް އިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް 23 ސީރީޒްގެ ފޯނުތައް ލޯންޗުކޮށްފި އެވެ.

ކޮވިޑް19 ގެ ފަހުން އާންމުންނަށް ހުޅުވާލައިގެން ސެމްސެންގް އިން ބޭއްވި ފުރަތަމަ ހަފްލާގައި އެ ކުންފުނިން ވަނީ އެސް 23 ސީރީޒްގެ ތިން ފޯނެއް އިފްތިތާހުކޮށްފަ އެވެ. އެއީ އެސް 23، 23 ޕްލަސް އަދި 23 އަލްޓްރާ އެވެ.

ތިން ފޯނު ވެސް މި ސީރީޒްގެ ކުރީ ފޯނު، އެސް 22 އާއި އަޅާބަލާއިރު މާ ބޮޑު ތަފާތުތަކެއް އައިސްފައެއް ނެތެވެ. ޑިޒައިން އަށް ބަލާލާއިރު އެސް 23 އަލްޓްރާގެ ޑިޒައިން 22 އަލްޓްރާގެ ޑިޒައިން އާއި ދާދި އެއްގޮތެވެ.

Advertisement

23 އަދި 23 ޕްލަސްގެ ޑިޒައިންއަށް އައިސްފައިވާ ބަދަލަކީ އެސް 22 ގެ ފަހަތު ކެމެރާގެ ވަށައިގެން އިން ހައުސިން މިހާރު ނެތުމެވެ. އޭގެ އިތުރުން ހުރިހާ ފޯނެއްގައިވެސް ސްކްރީން ބިއްލޫރީގެ ވަށް މިން ވަނީ އެސް 22 އަށް ވުރެ ދަށްކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުރީ ފޯނުތަކަށް ވުރެ އެސް 23 ހިފާ ގެންގުޅެން ފަސޭހަވާނެ އެވެ.

ސެމްސެންގް އިން ބުނަނީ އެސް 23 ގެ ފޯނުތަކުގެ ސްކްރީން ކުރީ ފޯނަށް ވުރެ މާ ވަރުގަދަވާނެ ކަމަށެވެ. މި ފޯނުތަކުގައި ބޭނުންކޮށްފައިވާ ސްކްރީން ޕްރޮޓެކްޝަނަށް ކިޔަނީ ކޯނިންގްސް ގޮރިއްލާ ގްލާސް ވިކްޓަސް ޓޫ އެވެ.

އެސް 23 ސީރީޒް ފޯނުގެ ސްކްރީން ސައިޒްތައް ވެސް އެސް 22 ސީރީޒް އާއި އެއްވަރެވެ. އެގޮތުން, އެސް 23 ގައި 6.1 އިންޗި، 23 ޕްލަސްގައި 6.6 އިންޗި އަދި އެސް 23 އަލްޓްރާގައި 6.8 އިންޗި އެވެ. ހުރިހާ ފޯނެއްގެ ވެސް ސްކްރީން ރިފްރެޝް ރޭޓް 120 ހާޓްޒް ގައި ހިފެހެއްޓިފައިވާ އިރު، އެސް 23 އަލްޓްރާގައި ވަނީ "އެޑެޕްޓިވް ރިފްރެޝް ރޭޓް" ކިޔާ އައު ފީޗާ އެއް އައިސްފަ އެވެ.

މި ފީޗާގެ ސަބަބުން އެ ވަގުތަކަށް ބޭނުންވާވަރަށް 1-200 ދެމެދު ރިފްރެޝް ރޭޓް ދާނީ ބަދަލުވަމުންނެވެ. މީގެ ސަބަބުން އެސް 23 އަލްޓްރާ ގެ ބެޓެރީ އިފެޝެންސީ އެސް 22 އަލްޓްރާ އަށް ވުރެ ރަނގަޅުވާނެ ކަމަށް ސެމްސެންގް އިން ބުނެ އެވެ.

އެސް 23 އަލްޓްރާގެ ބެޓެރީ ކެޕޭސިޓީ ހުރީ އެސް 22 އަލްޓްރާގެ ބެޓެރީ ކެޕޭސިޓީ އެކޭ އެއް ވަރެއްގަ އެވެ. އެއީ 5000 އެމްޕަޔައަވާ އެވެ. އެސް 23 އަދި އެސް 23 ޕްލަސްގެ ބެޓެރި ކެޕޭސިޓީ އަށް ވަނީ އެސް 22 ސީރީޒްގެ މި ފޯނުތަކަށް ވުރެ 200 އެމްޕަޔައަވާ އިތުރުވެފަ އެވެ. އެއީ އެސް 23 ގައި 3700 އެމްޕަޔައަވާ އަދި އެސް 23 ޕްލަސް ގައި 4700 އެމްޕަޔައަވާ އެވެ.

ބެޓެރީ ކެޕޭސިޓީއަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތަސް ސެމްސެންގް އިން ބުނަނީ ފޯނުގެ ހާޑްވެއާ އަށް ގެނެއްސަ ހުރި ބަދަލުތަކުން ސަބަބުން އެސް 22 ސީރީޒްގެ ފޯނުތަކަށް ވުރެ 20 އިންސައްތަ ގިނައިރު ޗާޖް ހުންނާނެކަމަށެވެ. އެގޮތުން ކޮންމެ ފޯނެއް ވެސް ފުލް ޗާޖް ކޮށްގެން އެއް ދުވަހަށް ވުރެ ގިނަ އިރު ވަންދެން ބޭނުންކުރެވޭނެ ކަމަށް ސެމްސެންގް އިން ބުނެ އެވެ.

އެސް 22 ސީރީޒް އާއި އަޅާބަލާއިރު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ފޯނުތަކުގެ ކެމެރާއަށެވެ. އެގޮތުން އެސް 22 އަލްޓްރާގައި އިން 108 މެގަޕިކްސެލްގެ ޕްރައިމަރީ ކެމެރާގެ ބަދަލުގައި އެސް 23 ގައި ހިމެނެނީ 200 މެގަޕިކްސެލްގެ ކެމެރާއެކެވެ. މިކަމުގެ ސަބަބުން ބޮޑެތި ކެންވެސް އަށް ޕްރިންޓް ކުރެވޭހާ ސާފު ފޮޓޯ ނެގޭނެކަމަށް ސެމްސެންގް އިން ބުނެ އެވެ.

އެސް 23 އަދި 23 ޕްލަސްގެ ފަހަތުގެ ހުރިހާ ކެމެރާ އެއް އެސް 22 އާއި އެއްވަރު އިރު ހުރިހާ ފޯނެއްގެ ވެސް ފްރަންޓް ކެމެރާ ވަނީ ބަދަލުވެފަ އެވެ. އެގޮތުން އެސް 22 ސީރީޒް ގައި ހިމެނޭ 10 މެގަ ޕިކްސެލް ފްރަންޓް ކެމެރާގެ ބަދަލުގައި އެސް 23 ސީރީޒްގައި ހިމެނެނީ 12 މެގަ ޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ.

ކެމެރާ އާއި ގުޅޭ ގޮތުން ސެމްސެންގް އިން ބުނެފައިވަނީ ހާޑްވެއާ މާބޮޑަށް ބަދަލުނުވިޔަސް، އެ ކުންފުނިން އިމޭޖް ޕްރޮސެސިން އަލްގަރިދަމް އަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ފޮތޯ ކޮލިޓީ އިތުރަށް ރަގަނޅުވާނަކަމަށެވެ.

އެސް 23 ގެ ފޯނުތައް ހަތަރު ކުލައަކުން ލިބޭނެ އެވެ. އެއީ ފެންޓަމް ބްލެކް، ކްރީމް، ގްރީން އަދި ލެވެންޑާ އެވެ. މި ފޯނުތަކުގެ އަގު ވެސް ހުރީ އެސް 22 ސީރީޒް އެކޭ އެއްވަރެއްގަ އެވެ.

އެއީ އެސް 23 އަލްޓްރާ 1،200 ޑޮލަރަށް، 23 ޕްލަސް 1،000 ޑޮލަރަށް އަދި އެސް 23 800 ޑޮލަރަށެވެ. މި ސީރީޒްގެ ފޯނުތައް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އިއްޔެ ސަން ފްރަންސިސްކޯގައި ސެމްސެންގެ އިން ބޭއްވި "ސެމްސެންގް އަންޕެކްޑް" އިވެންޓުގައި ފޯނުގެ އިތުރުން ވަނީ ގެލެކްސީ ބުކް ތިނެއްގެ ފަސް ލެޕްޓޮޕެއް ވެސް އިފްތިތާހުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox