ގްރީން ބަލިކޮށް މެޓްރިކްސް އިން ޗެމްޕިއަންކަން ހޯދައިފި

Dec 20, 2022, 9:12 AM
ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ކުލަބު މެޓްރިކްސް ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ކުލަބު މެޓްރިކްސް ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަޝިޕްގެ ތަށި ކުލަބު މެޓްރިކްސް އިން ހޯދައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު، ޖުމްލަ 11 ޓީމާ އެކު ފެށި ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަޝިޕަކީ ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)ގެ މި އަހަރުގެ ފަހު މުބާރާތެވެ.

އެކުވެނި އައުޓްޑޯ ނެޓްބޯޅަ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު މެޓްރިކްސް އިން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް 58-54 ޕޮއިންޓުން ބަލިކޮށްގެންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޓްރިކްސްގެ މަރިޔަމް ޝިނާއަތު އެވެ.

ފައިނަލަށް ގްރީން ދަތުރުކުރީ ސެމީ ފައިނަލުގައި ޝައިނިން ސްޓާ ބަލިކޮށްގެންނެވެ. މެޓްރިކްސް ފައިނަލުން ޖާގަ ހޯދީ ފޯރިގަދަ ސެމީ ފައިނަލު މެޗުގައި ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ) އެއް ޕޮއިންޓުގެ ތަފާތުން ބަލިކޮށްގެންނެވެ.

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތް ކުޅުންތެރިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތް ކުޅުންތެރިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތް ކުޅުންތެރިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މެޓްރިކްސްގެ ޝިނާއަތު، އެކުލަބުގެ އާމިނަތު އައިނީ، އައިޝަތު ސަލީމާ، ކުލަބު ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު، އަމިނަތު ނަޒްރާގެ އިތުރުން ކޭވައިއާރުސީގެ އާމިނަތު ފިރުޝާގެ އިތުރުން އެޓީމްގެ އީމާ އަބްދުއްސައްތާރު އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ސްޕޯޓްސް ކުލަބު ރައިޒިން ސްޓާގެ ޔުމްނު އަހުމަދު މާޒިން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދި މެޓްރިކްސްގެ ކޯޗު ނީޝާ ހަލީމް އެވެ.

މުބާރާތުގެ ކުއީން އޮފް ދަ ސީރީސްގެ މަގާމް ހޯދީ މެޓްރިކްސްގެ ޝިނާއަތު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox