ދަމާސް އިން ޕާކިން އަށް ހާއްސަ އިމާރާތެއް ހުޅުމާލޭގައި އަޅަނީ

ދަމާސް އިން ޕާކިން އަށް ހާއްސަ އިމާރާތެއް ހުޅުމާލޭގައި އަޅަނީ

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ދަމާސް ކުންފުނީގެ ދަށުން ހިންގާ ދަމާސް ރިއަލް އެސްޓޭޓުން ހުޅުމާލޭގައި ޕާކިންއަށް ހާއްސަ އިމާރާތެއް އެޅުމަށް ނިންމައިފި އެވެ.

އެކަމަށް ހާއްސަކޮށް އިއްޔެ ހ. މީރުމާގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން އެވެ.

ހުޅުމާލެ ސެންޓުރަލް ޕާކު ސަރަހައްދުގައި އަޅާ މި އިމާރާތަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޕާކިންއަށް ހާއްސަ ތަނެއް އެޅުމަށް އެޗްޑީސީން ކުރި އިއުލާނުގެ ދަށުން ދަމާސް އިން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.

Advertisement

ޖުމްލަ 500 ކާރު ޕާކު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އިމާރާތުގައި ސައިކަލު ޕާކު ކުރެވޭ ގޮތަށް ވަކި ޒޯނެއް ވެސް އޮންނާނެ ކަމަށް ދަމާސް އިން ބުނެ އެވެ. 36,000 އަކަ ފޫޓުގެ ބޮޑު މި އިމާރާތުގެ ފަސް ފަންގިފިލާ ޕާކިންއަށް ހާއްސަ ކޮށްފައި ހުރެ އެވެ.

އެންމެ ފަހުގެ ޒަމަނީ ވަސީލަތްތަކާ އެކު އިމާރާތް ކުރުމަށް ނިންމާފައިވާ މި އިމާރާތުގައި އިލެކްޓްރިކް ކާރު ޗާޖު ކުރެވޭނެ ސްޓޭޝަންތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕާކިން ސްލޮޓުތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން 24 ގަޑިއިރު މުޅި އިމާރާތް މޮނިޓާ ކުރެވޭނެ ސެކިއުރިޓީ ސިސްޓަމެއް ވެސް އެތަނުގައި ގާއިމު ކުރާނެ ކަމަށް ދަމާސް އިން ބުނެ އެވެ.

ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު
ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަމާސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސާލިހު ވިދާޅުވީ، ވަން ޕާކު ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ޕާކިން ބިލްޑިންތައް ޑިޒައިންކޮށްފައިވާ ގޮތަށް ކަމަށެވެ. އޮންލައިންކޮށް ވެސް އެތަނުގެ "ސްޓޭޓަސް ބަލާލެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނަށް އައުމުގެ ކުރިން [ފޯނު] އެޕުން ބަލާލެވޭނެ ކޮން ފްލޯއެއްގައި (ފަންގިފިލާ) ކިތައް ޕާކިން ސްލޮޓު އެވެއިލަބަލް ތޯ، އެޗްޑީސީން އެބަ ތައްޔާރު ކުރޭ ސްމާޓު ސިޓީ ގުރިޑެއް، އެއާ ގުޅާލީމަ މިތަނުގެ ފަންގިފިލާތަކުގައި އެވެއިލަބަލް ސްލޮޓުތައް އެނގޭނެ ގޮތަށް މިތަން ޑިޒައިން ކޮށްފައި ވާނީ،" ސާލިހު ވިދާޅުވި އެވެ.

މުޅި ޖުމުލަ ހަތް ފަންގިފިލާއަށް އިމާރަތް ކުރާ ވަން ޕާކުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަ ކޮށްފައިވަނީ ޝޮޕިން މޯލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލައަށް އެތަން ހިންގުމުގު ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެ ތަންތަން ދޫކުރާނީ ރާއްޖޭގައި މިހާރު ވެސް ރީޓެއިލް ވިޔަފާރި ކުރަމުންދާ ފިހާރަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މި ފެންވަރުގެ ޝޮޕިން މޯލްއެއް ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ފަހަރު ކަމަށާއި މިތަނުގެ ސަބަބުން ދިވެހިންނަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަން ސާލިހު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ [ވިޔަފާރިއަށް] ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކޮލެޓީ ބުރޭންޑުތަކުގެ ޕްރޮޑަކްޓުތައް އެއްތަނަކުން ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ދަމާސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސާލިހު ވާހަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު
ދަމާސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސާލިހު ވާހަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

ދަމާސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސާލިހު ވާހަދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

ދަމާސް އިން ބުނީ މި ޝޮޕިން މޯލްއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަކި ވަގުތެއް ވަންދެން ހިލޭ ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އެކަމަށް ހާއްސަ ސައިކަލު ޕާކިންގައި ޖުމްލަ 150 ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެއިތުރުން މި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ހާއްސަ ކޮށްފައިވަނީ ފުޑްކޯޓަކަށެވެ. ދަމާސް އިން ބުނީ ފުޑްކޯޓަކާ އެކު ޝޮޕިން މޯލްއެއް ހިމައިގެން އެ އިމާރާތް ފަރުމާ ކުރަން ނިންމި މައިގަނޑު ސަބަބަކީ އެތަނަށް ކުރާ ހަރަދު ދެކޮޅު ޖެއްސުން ކަމަށެވެ.

މުޅި ރާއްޖޭގައި ވެސް އިމާރާތް ކުރެވޭ އެންމެ ފެންވަރު ރަނގަޅު ޕާކިން އިމާރާތުގައި ތަފާތު ކެޓެގަރީތައް ވެސް ހިމެނެ އެވެ. އެގޮތުން އެމީހަކު ހިޔާރު ކުރާ ގޮތަކުން ޕާކިންއަށް ނަގާ އަގަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.

ވަން ޕާކުގައި ހުންނަ ޕާކިން ކެޓެގަރީތައް:

ގަޑިއަކުން ގަޑިއަކަށް ޗާޖު ކުރާ ޕާކިން

މިއީ ވަން ޕާކުގައި ހުންނަ ޝޮޕިން މޯލް އަދި ފުޑްކޯޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ ޕާކިން އެވެ. މިގޮތަށް ޕާކު ކުރުމުން ފީ ހިނގަމުން ދާނީ ޕާކު ކުރާ ވަގުތުން ފެށިގެން ގަޑިއިރަކުން ގަޑިއިރަކުންނެވެ. މި ހިދުމަތް ހަފްތާގެ ކޮންމެ ދުވަހަކު ވެސް ލިބޭނެ އެވެ.

ދިގު މުއްދަތަށް ހާއްސަ ޕާކިން

މިއީ ޕާކިންގެ ހިދުމަތް ދިގު މުއްދަތަކަށް ހޯދުމަށް އެދޭ ފަރާތްތަކަށް ހާއްސަ ޕާކިން އެވެ. މި ކެޓެގަރީގެ ދަށުން 30 އަހަރާ ހަމައަށް ޕާކިން ޖާގައެއް ކުއްޔަށް ނެގޭނެ އެވެ. ދުވާލުގެ 24 ގަޑިއިރު ވަދެ ނިކުމެވޭ ވަން ޕާކުން މިގޮތަށް ޖާގައެއް ކުއްޔަށް ނެގުމުން ގަޑިއަކުން ގަޑިއަކަށް ޗާޖު ކުރާ ޕާކިން އަށް ވުރެ އެތައް ގޮތަކުން ހަރަދު ކުޑަ ވާނެ އެވެ.

ޕްރިމިއަމް ޕާކިން

މިއީ މަގުމަތީގައި އަގުބޮޑެތި ވެހިކަލްތައް ބަހައްޓަން ޖެހޭތީ ކަންބޮޑުވާ ފަރާތްތަކަށް އޮތް އެންމެ ފުރިހަމަ ހައްލެވެ. ޕްރިމިއަމް ޕާކިންގެ ދަށުން ކޮންމެ ކާރަކަށް ވަން ޕާކުން ވަކި ގަރާޖެއް ދޭނެ އެވެ. މި ގަރާޖުތަކަކީ ތަޅުލައި ބަލަހައްޓާ ގަރާޖުތަކަކެވެ. އެހެންކަމުން ވާރޭއާއި އަވިން ސަލާމަތްވެ ރީތިކޮށް ކާރު ބޭއްވުމަށް މިއީ އެންމެ ފުރިހަމަ ގޮތެވެ.

ވެލޭ ޕާކިން

ވެލޭ ޕާކިން އަކީ އެ އިމާރާތަށް ގޮސް އަމިއްލައަށް ކާރު ޕާކު ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ މުވައްޒަފަކާ ހަވާލު ކުރުމުން ޕާކު ކޮށްދޭ ގޮތެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ދޭ ހިދުމަތެއް ނޫނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ޕާކިން

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން އެވެ. މި ސްލޮޓުތަކުގައި އެހެން ފަރާތްތަކުގެ އުޅަނދު ޕާކެއް ނުކުރެވޭނެ އެވެ. އެންމެ ތިރީ ފަންގިފިލާގެ އިތުރުން އިމާރާތުގެ ޕާކިން އަށް ހާއްސަ ހުރިހާ ފަންގިފިލާތަކެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ޕާކިން ޖާގަތައް ހުންނާނެ އެވެ.

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރާ މި އިމާރާތާ އެކު މާލެ ސަރަހައްދުގައި އޮތް ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ދަމާސް އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox