ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ހާއްސަ: ބީބީއޭއެމް

Jul 6, 2022, 1:58 PM
މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ބީބީއޭއެމްގެ ރައީސް އިއްބެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ މީޑިއާ/ ރާއިފް ޔޫސުފް

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ބީބީއޭއެމްގެ ރައީސް އިއްބެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޔޫތު މިނިސްޓްރީ މީޑިއާ/ ރާއިފް ޔޫސުފް

މި މަހު ރާއްޖޭގައި ބާއްވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕަކީ ހާއްސަ މުބާރާތެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 20 ވަރަކަށް އެތުލީޓުން ބައިވެރިވާ، އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް ކުރިއަށްދާނީ މި މަހު 15-21 އަށް ކ. މާފުށީގަ އެވެ. މި މުބާރާތް މި ބާއްވަނީ ކޮވިޑް-19ގެ ސަބަބުން ފަސްކުރުމަށް ފަހު އެވެ.

އޭޝިއާ ބޮޑީބިލްޑިން މުބާރާތުގެ ލޯގޯ ރަސްމީކޮށް ލޯންޗްކުރުން މިއަދު ކުރިއަށްދިޔައީ، ޕީއެސްއެމްގެ ސްޓޫޑިއޯގަ އެވެ. މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ބީބީއޭއެމްގެ އިއްބެ އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން އިއްބެ ވިދާޅުވީ މިއީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ ބީބީއެމް އިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ބުމުގެ ފެށުމެއް ކަމަށެވެ.

"މިއީ ފާއިތުވި 15 އަހަރުގެ ކެރިއަރުގެ ތެރޭގައި ހުވަފެނުން ވެސް ނުދެކޭ ފަދަ ދުވަހެކޭ ބުނެވިދާނެ. އެއީ އަޅުގަނޑުމެން ރާއްޖޭގެ އެތުލީޓުން، 2000 ވަނަ އަހަރު އެންމެ ފުރަތަމަ ބާއްވާފައި އޮތީ ސައުތު އޭޝިއާ މުބާރާތް، އޭރުގެ އެތުލީޓުންނާއި މިހާރުގެ އެތުލީޓުން އަޅާކިޔާއިރު ބެލުންތެރިންނަށް ވަރަށް ބޮޑަށް ފެނިގެންދާނެ ތަފާތު، އެއީ އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ،" އިއްބެ ވިދާޅުވީ އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި އިވެންޓްގައި އިއްބެ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ މީޑިއާ/ ރާއިފް ޔޫސުފް

ދާދި ފަހުން ،ވިއެޓްނާމްގެ ހަނޯއިގައި މިހާރު ކުރިއަށްދާ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސްގައި އިންސާފުކުރުމުގެ ލިބިވަޑައިގެންނެވި، އިއްބެ ވިދާޅުވީ ރާއްޖޭގައި ބާއްވާ މި އޭޝިއާގެ މުބާރާތަކީ ރާއްޖޭގައި ހޯސްޓްކުރާ މި ފަދަ އެންމެ ބޮޑު މުބާރާތް ކަމަށެވެ.

"މި ވަގުތު އަޅުގަނޑު އަތުގައި ހުރި މައުލޫމާތަށް ބަލައިފިނަމަ 410 އެބައުޅޭ އެތުލީޓުން، 72 ޑެލިގޭޓުން، އެކްސްޓްރާ ޑެލިގޭޓުންނާ އެކު 600 އާ ގާތްކުރާ އަދަދަކަށް މީހުން އެބަ ބައިވެރިވޭ، ދެން ގައުމުތަކަށް ބަލާއިރު، އޭޝިއާގެ ހިސްޓްރީ އަށް ބަލާއިރު މި އުޅެނީ 20 ގައުމު ނޫނީ 25 ގައުމު، ރާއްޖޭގައި މި ބައިވެރިވާ މުބާރާތުގައި 28 ގައުމު އެބަ ބައިވެރިވޭ،" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ އިއްބެ ވިދާޅުވި އެވެ.

އިއްބެ ވިދާޅުވީ އަފްގާނިސްތާނުން އެ ގައުމުގެ ސަރުކާރާ ގުޅިގެން ބޮޑީބިލްޑިން އަށް ހާއްސަ ނަޒަރަކުން ދެކޭތީ ގާތްގަނޑަކަށް 21 މީހުން އަފްގާނިސްތާން ސަރުކާރުގެ ހަރަދުގައި މި ފަހަރުގެ އޭޝިއާ މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ. އަދި މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ، އަރަބި ގައުމުތަކަށް ބަލާއިރު، އީރާން، އީރާގް އަދި ކުވޭތު ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއަދުގެ ސަރުކާރުން ކުޅިވަރަށް އިއްގިލާބީ ބަދަލު ގެންނަން ކުރާ މަސައްކަތުގައި މިއަދަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

"މީގެ ކުރިން ފުޓްބޯޅަ ކަހަލަ ކުޅިވަރުތަކަށް ވަކި ސަމާލުކަމެއް ދީގެން ބޮޑު ތަފާތު ކުރުމެއް އޮވެގެން، ކުރިއަށް މިދިޔަ ދިއުމުގެ ބަދަލުގައި ދެން ކުދިކޮށް ފެނުނު ކުޅިވަރުތައް ވެސް ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގައި ބޮޅެއް އިތުރުވާ ދުވަހެއް،" މަހުލޫފް ވިދާޅުވި އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން މިނިސްޓަރު މަހުލޫފް (ކ) އާއި ބީބީއޭއެމްގެ ރައީސް އިއްބެ.-- ފޮޓޯ: ޔޫތު މިނިސްޓްރީ މީޑިއާ/ ރާއިފް ޔޫސުފް

މި އަހަރު ފެށީ ކުޅިވަރުގެ ތަރިންނަށް ސްޕޯޓްސް އެވޯޑެއް ބޭއްވިގެން ކަމަށާއި އޭގެ ފަހުން، ސައުތު އޭޝިއާ ޖޫނިއާ ޓީޓީ މުބާރާތާއި ސެންޓްރަލް އޭޝިއާގެ ޗެސް މުބާރާތް ބޭއްވުނުއިރު، މާފުށީގައި ބާއްވާ ބޮޑީބިލްޑިން މުބާރާތަށް ފަހު މާލޭގައި މި މަހު ފަހުކޮޅު ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ މުބާރާތެއް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އޮގަސްޓް ފަހު ކޮޅުގައި ސާބާ އަންހެން ބާސްކެޓް މުބާރާތް ބޭއްވުމަށާއި ބީޗް ވޮލީ ވޯލްޑް ޓުއާގެ މުބާރާތަކާއި ސެންޓްރަލް ޒޯންގެ އިންޑޯ ވޮލީ މުބާރާތެއް ބާއްވަން ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އޭޝިއާގެ ބޮޑީބިލްޑިން އެންމެ ބޮޑު މުބާރާތް ރާއްޖޭގައި ހޯސްޓްކުރާއިރު، ހާއްސަ ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މުބާރާތް ވެގެންދަނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ގައުމުތައް ބައިވެރިވާ ހަމަ އެހެންމެ، އެންމެ ގިނަ އެތުލީޓުން ބައިވެރިވާ، 350 ޗެސް ކުޅުންތެރިންނާއި އާއިލާ މެމްބަރުން، ބޮޑީބިލްޑިންގައި 550 އަށް ވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން އަދި އާއިލާތަކުގެ މެމްބަރުން އެބަ ބައިވެރިވޭ، ކުޅިވަރުގެ އިތުރުން ރާއްޖެ އިސްތިހާރުވުމުގެ އިތުރުން އިގްތިސާދަށް ވެސް ފައިދާވާނެ،" މަހުލޫފް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ އޭޝިއާ މުބާރާތް ބޭއްވުން ނޫނީ ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމުގެ މަސައްކަތް ކުރަން ބޭނުން. ބީބީއޭއެމްގެ ރައީސް އިބްރާހިމް ކުރާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ގައުމީ ބޮޑީބިލްޑިން ޓީމަށް އެންމެ މަތީ ފަންތީ ކޯޗެއް ހަމަޖައްސާފައިވާތީ ކާމިޔާބަށް އުންމީދުކުރެވޭ،"

އޭޝިއާ މުބާާރާތަށް ރާއްޖޭގެ ޓީމު ތައްޔާރުކުރަން ހަމަޖެއްސި ކޯޗަކީ މެލޭޝިއާގެ ވޮން ހޮންގް އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ވޮން ވަނީ 1999 ވަަނަ އަހަރު މިސްޓަ އޭޝިއާގެ މަގާމު ހޯދައިފަ އެވެ. އަދި 1996 އާއި 1999 ވަނަ އަހަރު މިސްޓަ މެލޭޝިއާ އަށް ހޮވުނު ވޮން ވަނީ 2002 ވަނަ އަހަރު އެމެރިކާގައި ވެސް ޝަރަފްވެރި ވަނަތަކެއް ހޯދައިފަ އެވެ. އެ ގޮތުން ބަލާއިރު ވޮން ވަނީ އެމެރިކާގެ ނިއުޔޯކްގެ އެންޕީސީ ނިއުޔޯކް މެޓްރޮޕޮލިޓާން އޯވަރޯލް ޗެމްޕިއަންކަމާއި އެންޕީސީ އީސްޓާން މުބާރާތުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދައިފަ އެވެ. ހިއުމަން ނިއުޓްރިޝަން އެންޑް ފުޑް ސައިންސް އިން މާސްޓާ ޑިގްރީ ހާސިލްކޮށްފައިވާ ވޮން ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު ބޮޑީބިލްޑަރުން ޓްރެއިން ކުރުމުގައި ހަރަކާތްތެރިވެފަ އެވެ.

ރާއްޖޭގައި އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު މުބާރާތް ބާއްވަންކުރި ބިޑް ކާމިޔާބުކޮށްގެންނެވެ. އިންޑޮނީޝިއާގެ ބަތާމްގައި 2019 ވަނަ އަހަރުގެ އޭޝިއާ ޗެމްޕިއަންޝިޕްގެ ތެރެއިން އިއުލާނުކުރީ 2020 ވަނަ އަހަރު މުބާރާތް ބާއްވާނީ މާފުށީގައި ކަމަށެވެ.

މިއީ ރާއްޖޭގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ ބޮޑީބިލްޑިން ދެ ވަނަ މުބާރާތެވެ. ރާއްޖޭން ވަނީ 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބާއްވައިފަ އެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. މީގެ ކުރިން ބީބީއޭއެމުން މި ފަހަރުގެ އޭޝިއާ މުބާރާތަށް ކަނޑައެޅި ރާއްޖޭގެ މެޑަލް ޓާގެޓަކީ 10 އެކެވެ. އެކަން ހާސިލްވެއްޖެނަމަ މިއީ ބޮޑީބިލްޑިން ތާރީހުގައި ރާއްޖެ އަށް އެންމެ ކާމިޔާބު މުބާރާތަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox