ގައުމީ ބޮޑީބިލްޑިން ޓީމަށް ފެންވަރު ރަނގަޅު ކޯޗެއް

ގައުމީ ބޮޑީބިލްޑިން ޓީމަށް ގެނައި ކޯޗު ވޮން (މ) އަށް ބީބީއޭއެމްގެ އޮފިޝަލުންނާއި ގައުމީ ޓީމުގެ އެތުލީޓުން މަރުހަބާކިޔަނީ.-- ފޮޓޯ: ބީބީއޭއެމް

ގައުމީ ބޮޑީބިލްޑިން ޓީމަށް ގެނައި ކޯޗު ވޮން (މ) އަށް ބީބީއޭއެމްގެ އޮފިޝަލުންނާއި ގައުމީ ޓީމުގެ އެތުލީޓުން މަރުހަބާކިޔަނީ.-- ފޮޓޯ: ބީބީއޭއެމް

އަންނަ ޖުލައި މަހު ކ.މާފުށީގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ގައުމީ ބޮޑީބިލްޑިން ޓީމު ތައްޔާރުކުރަން މަތީ ފެންވަރުގެ ކޯޗެއް ކަމަށްވާ މެލޭޝިއާގެ ވޮން ހޮންގް ހަމަޖައްސައިފި އެވެ.

ހޮންގް، އަކީ ގައުމީ ބޮޑީބިލްޑިން ޓީމަށް ކޯޗުކޮށްދޭނެ ބިދޭސީ ދެ ވަނަ ކޯޗެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ގައުމީ ބޮޑީބިލްޑިން ޓީމު ޓްރެއިން ކުރީ އިންޑިއާގެ ކޯޗު އަނުރާގް އަނިލްކުމާރް އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ އޮފިޝަަލަކު، "އަދަދު" އަށް ބުނީ ވޮން ކޯޗަކަށް ގެނައީ ޖުލައި 21 ވަނަ ދުވަހުގެ ނިޔަލަށް ކަަމަށެވެ. އެއީ، ޖުލައި 15 ގައި މާފުށީގައި ފަށަން ތާވަލުކޮށްފައިވާ އޭޝިއާ ބޮޑީބިލްޑިން މުބާރާތް ނިމޭނީ ޖުލައި 21 ވަނަ ދުވަހު ކަމަށްވާތީ އެވެ.

Advertisement

"ޕާފޯމަންސާ ކަންކަން ބަލާފައި، ކޮންޓްރެކްޓް އިތުރުކުރުމުގެ ވިސްނުމެއް މިހުރީ،" އޮފިޝަލް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ވޮން ވަނީ 1999 ވަަނަ އަހަރު މިސްޓަ އޭޝިއާގެ މަގާމު ހޯދައިފަ އެވެ. އަދި 1996 އާއި 1999 ވަނަ އަހަރު މިސްޓަ މެލޭޝިއާ އަށް ހޮވުނު ވޮން ވަނީ 2002 ވަނަ އަހަރު އެމެރިކާގައި ވެސް ޝަރަފްވެރި ވަނަތަކެއް ހޯދައިފަ އެވެ. އެ ގޮތުން ބަލާއިރު ވޮން ވަނީ އެމެރިކާގެ ނިއުޔޯކްގެ އެންޕީސީ ނިއުޔޯކް މެޓްރޮޕޮލިޓާން އޯވަރޯލް ޗެމްޕިއަންކަމާއި އެންޕީސީ އީސްޓާން މުބާރާތުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވޮން، ޕްރޯ ކެޓަގަރީގައި ވާދަކުރިއިރު، ނަގާފައިވާ ފޮޓޯއެއް.

ހިއުމަން ނިއުޓްރިޝަން އެންޑް ފުޑް ސައިންސް އިން މާސްޓާ ޑިގްރީ ހާސިލްކޮށްފައިވާ ވޮން ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު ބޮޑީބިލްޑަރުން ޓްރެއިން ކުރުމުގައި ހަރަކާތްތެރިވެފަ އެވެ.

ރާއްޖޭގައި އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު މުބާރާތް ބާއްވަންކުރި ބިޑް ކާމިޔާބުކޮށްގެންނެވެ. އިންޑޮނީޝިއާގެ ބަތާމްގައި 2019 ވަނަ އަހަރުގެ އޭޝިއާ ޗެމްޕިއަންޝިޕްގެ ތެރެއިން އިއުލާނުކުރީ 2020 ވަނަ އަހަރު މުބާރާތް ބާއްވާނީ މާފުށީގައި ކަމަށެވެ. އެކަމަކު، ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރު މުބާރާތް ކުރިއަށް ނުގެންދެވުނުއިރު، ބީބީއޭއެމް އިން މިހާރު ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އަންނަ ޖުލައި މަހު 15-21 އަށް މާފުށީގައި މުބާރާތް ބޭއްވުމުގެ ހުރިހާ ކަމެއް ފައިނަލްވެފައިވާނެ ކަމަށެވެ.

މިއީ ރާއްޖޭގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ ބޮޑީބިލްޑިން ދެ ވަނަ މުބާރާތެވެ. ރާއްޖޭން ވަނީ 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބާއްވައިފަ އެވެ.

ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. ބީބީއެމް އިން މައުލޫމާތު ދޭގޮތުގައި މި ފަހަރުގެ އޭޝިއާ މުބާރާތުގައި ހޯސްޓްގެ ހައިސިއްޔަތުންނާ އެކު ވީހާ ވެސް ގިނަ ބޮޑީބިލްޑަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އިން 20 އެތުލީޓުން ވާދަކުރާނެ އެވެ. ރާއްޖޭގެ މެޑަލް ޓާގެޓަކީ 10 އެކެވެ. އެކަން ހާސިލްވެއްޖެނަމަ މިއީ ބޮޑީބިލްޑިން ތާރީހުގައި ރާއްޖެ އަށް އެންމެ ކާމިޔާބު މުބާރާތަށް ވާނެ އެވެ.

ކޯޗު ވޮން އައުމުގެ ކުރިން ގައުމީ ބޮޑީބިލްޑިންގެ ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ މިހާރު ވޮންގެ އެސިސްޓަންޓަކަށް ހުރި އަބްދުލް ހަސީބްގެ އިތުރުން މެނޭޖަރު، އިބްރާހިމް އަބްދުﷲގެ އެހީތެރިކަމާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox