ދަގަނޑޭ ވެލެންސިއާ ޕްރެކްޓިހަށް

Dec 13, 2021, 7:03 AM
މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ދަގަނޑޭ (ވ) އާއި ސެންޓޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ދަގަނޑޭ (ވ) އާއި ސެންޓޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ކްލަބް ވެލެންސިއާގެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ކުރި ދަގަނޑޭ، 36، މި ފަހަރުގެ ޕްރީ ސީޒަނުގައި ފުރަތަމަ ފިޓްކޮށް ހުންނަން އަމިއްލަ އަށް ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދިއުމުގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެކު ވެސް ފަރިތަކުރުންތަކެއްގައި ބައިވެރިވި އެވެ. އެކަމަކު، ރަސްމީކޮށް ކްލަބެއްގެ ޕްރެކްޓިހުން މި ފަހަރު ޕްރީ ސީޒަނުގައި ދަގަނޑޭ ފެނުނީ އިއްޔެ ކްލަބް ވެލެންސިއާ އިންނެވެ.

ވެލެންސިއާ އިން ވަނީ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ އަސްހަދު އަލީ (އަޑުބަރޭ) އާއި އިސްމާއިލް އީސާ (މެސީ) އަދި މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުުޅުނު ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ގެ ސޮއި ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) މި ފަހަރު ވެސް ފެންނާނީ ވެލެންސިއާ އިންނެވެ.

Advertisement

ވެލެންސިއާގެ ޕްރީ ސީޒަން ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އެކަމަކު، މިދިޔަ ސީޒަންގައި ކްލަބް ވެލެންސިއާ އިން ފެނުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ލީގު ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެފަ އެވެ.

ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ވެލެންސިއާގެ ޖާޒީގަ އެވެ. ފުރަތަމަ ކުޅުނު މުބާރާތުގައި ވެސް ރަން މެޑަލް ކަރުގައި އަޅުވާލި އެވެ. އަދި 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނުއިރު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ. އޭނާ ދެން ބަދަލުވީ 2006 ގައި ނިއު އަށެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އަދި އެ އަހަރު ނިއު އިން ރިލީޒް ހޯދައިގެން ދުވަސްކޮޅަކު ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅުނެވެ. އޭގެ ފަހުން ރެކޯޑް އަގެއްގައި 2008 ގައި ވީބީއާ ގުޅުނެވެ. ވީބީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ 2012 ވަނަ އަހަރު އެނބުރި ނިއު އަށް ދިޔަ އެވެ.

އޭގެ ފަހުން ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެ 2014 ވަނަ އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދައިފަ އެވެ. ޖެހިގެން އައި އަހަރު އެ ޓީމު މެލޭޝިއާ ސުޕަ ލީގުގައި ވާދަކުރިއިރު އިރު ވެސް ތަފާތު ދެއްކި އެވެ. އޭނާ އެ ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން 2016 ވަނަ އަހަރު ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެއަށް ފަހު އެނބުރި ރާއްޖެ އައިސް އެ އަހަރުގެ ދިވެހި ލީގުގައި މާޒިޔާއާ ގުޅި އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް ކުޅުނެވެ.

އަލުން 2017 ވަނަ އަހަރު ކެރިއަރުގައި ތިން ވަނަ ފަހަރަށް ނިއުއާ ގުޅި އެ ޓީމާ ކާމިޔާބުތަކެއް ހޯދުމަށް ފަހު 2018 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ނިއު އިން މުސާރަ ނުދޭ މައްސަަލައިގައި ރިލީސް ހޯދައި ޓީސީ އަށް ބަދަލުވި އެވެ. އަދި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ތަށި ހޯދައިދިނުމުގައި އެހީތެރިވި އެވެ. ދަގަނޑޭ، ޓީސީ އަށް ފަހު ޖެހިގެން އައި ސީޒަން ފެށީ ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަށް ފަހު ދަގަނޑޭ ވަނީ އޭއެފްސީ ކަޕް ކުޅެން އަލުން ޓީސީ އަށް ބަދަލުވެފަ އެވެ. މިދިޔަ ސީޒަން ފެށެން ގާތްވެފައިވަނިކޮށް ވެލެންސިއާ އަށް ބަދަލުވެ، އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދޭން ދަގަނޑޭ އެހީތެރިވި އެވެ.

ދަގަނޑޭ، ކްލަބް އީގަލްސްގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިދިޔަ ސީޒަނުގައި ލީގުގައި ކުޅުނު މެޗުތަކުގައި ދަގަނޑޭ ވަނީ ފަސް ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ ސީޒަން އަވަހަށް ނިންމާލިއިރު، އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ދަގަނޑޭ ކްލަބް އީގަލްސްއާ ގުޅުނެވެ. އެކަމަކު، ބެންގަލޫރާ ދެކޮޅަށް ކުޅެން އޮތް ޕްލޭއޮފް މެޗުގައި އަނިޔާގެ ސަބަބުން ދަގަނޑޭ ނުކުޅެ އެވެ.

ވެލެންސިއާ އިން އެންމެ ފަހުން ބޭއްވި ޕްރީ ސީޒަން ފަރިތަކުރުންތަކުގައި އެ ޓީމަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ކޯޗު މުހައްމަދު އާތިފް (އާތީ) ބައިވެރިނުވެ އެވެ. ވެލެންސިއާގެ ހެޑްކޯޗެއްގެ ޒިންމާ ނަގަނީ އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ވެލެންސިއާ އިން މި ސީޒަނުގައި ފުރަތަމަ ކުޅޭނެ މެޗަކީ އަންނަ ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. ސީޒަނުގެ ފުރަތަމަ މުބާރާތަކީ މި މަހު 19 ވަނަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް އެވެ. އެ މުބާރާތުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox