ޔޫރޯގައި އޮންރީ އަށް ލިބުނު މުސާރަ ޗެރިޓީ އަށް

Jul 8, 2021, 4:56 AM
ޔޫރޯގައި ބެލްޖިއަމްގެ ޓްރެއިނިންއެއްގެ ތެރެއިން އޮންރީ (ކ) ބެލްޖިއަމްގެ ވަޓޯންގެންއާ ވާހަކަ ދައްކަނީ-- ފޮޓޯ: އޭއެފްޕީ

ޔޫރޯގައި ބެލްޖިއަމްގެ ޓްރެއިނިންއެއްގެ ތެރެއިން އޮންރީ (ކ) ބެލްޖިއަމްގެ ވަޓޯންގެންއާ ވާހަކަ ދައްކަނީ-- ފޮޓޯ: އޭއެފްޕީ

ބްރުސެލްސް (ޖުލައި 8) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗުކަމާ އަލުން ހަވާލުވި ފްރާންސްގެ ކުރީގެ މަޝްހޫރު ފޯވާޑް ތިއަރީ އޮންރީ އަށް މި ފަހަރުގެ މުބާރާތުގައި ލިބުނު މުސާރަ އެއްކޮށް ޗެރިޓީ އަށް ހަދިޔާކޮށްފި އެވެ.

އޮންރީ ވަނީ 2016 އިން 2018 އަށް ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށް ހުރިއިރު، ވެސް އެކި ފަހަރު މަތިން މުސާރައިގެ ބޮޑު ޕަސެންޓެއް ބެލްޖިއަމްގެ އެކި ޗެރިޓީ ޖަމިއްޔާތަކަށް ހަދިޔާކޮށްފަ އެވެ. އޮންރީ އޭރު ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް ހުރީ އަހަރަކު 1.5 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގަ އެވެ. މި ފަހަރުގެ ޔޫރޯއާ ދިމާކޮށް އޮންރީ ގެނައީ ކިހާ މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ކަމެއް މީޑިއާ އަށް ހާމަކޮށްފަ އެއް ނުވެ އެވެ.

ފްރާންސް އާއި ބެލްޖިއަމްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އޮންރީ ވަނީ މި ފަހަރުގެ ޔޫރޯގައި އޭނާ އަށް ލިބޭ މުސާރަ އެއްކޮށް ޗެރިޓީއަށް ދީފަ އެވެ. ބެލްޖިއަމްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޔޫރޯގައި ބެލްޖިއަމްގެ ހުރިހާ މެޗުތަކެއްގެ މުސާރަ އާއި ބޯނަހާ އެކު އޮންރީ އަށް ގާތްގަނޑަކަށް 250،000 ޑޮލަރު ލިބޭނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބީބީސީގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމައިގެން ހުރި އޮންރީ ބެލްޖިއަމްގެ ކޯޗިން ޓީމާ އަލުން ގުޅުނީ އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒްގެ އެދުމަށެވެ. ބެލްޖިއަމް ޔޫރޯ އިން ކެޓީ ކުއާޓާގައި އިޓަލީ އަތުންނެވެ.

ބެލްޖިއަމުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ޓީމުގައި އޮންރީ ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ މުބާރާތަށް ފަހު ބެލްޖިއަމް ޓީމު ދޫކޮށް އޮންރީ ވަނީ ދެ ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އެއީ ފްރާންސްގެ މޮނާކޯ އާއި އެމެރިކާ ލީގުގައި ކުޅޭ މޮންޓްރެއާލް އިމްޕެކްޓަށެވެ. މޮންޓްރެއާލުން އޮންރީ ވަކިވީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox