ސްކޮޓްލެންޑް

Jun 11, 2021, 5:49 PM
ސްކޮޓްލެންޑް

ސްކޮޓްލެންޑް އެންމެ ފަހުން ޔޫރޯގައި ކުޅުނީ 25 އަހަރު ކުރިން 1996 ވަނަ އަހަރު އިންގްލެންޑުން ޔޫރޯ ހޯސްޓްކުރި ފަހަރު އެވެ. މިއީ ސްކޮޓްލެންޑުން ޔޫރޯގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. ކުރިން ދެ ފަހަރު ވެސް އެ ޓީމަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ. ސްކޮޓްލެންޑް ޔޫރޯ އަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި އިޒްރޭލުގެ މައްޗަށް ކުރިހޯދިއިރު، ފަހު މެޗުން ވަނީ ސާބިއާ ބަލިކޮށްފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް އޮތް ގްރޫޕްގެ ގޮތުން އެންެމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެއީ މި ދެ ޓީމަކީ ގްރޭޓް ބްރިޓިއަންގެ ނަމުގައި އެކުގައި އޮލިމްޕިކްސްގައި ވާދަކުރާ ކުޅުންތެރިން ވެސް ހިމެނޭ ދެ ޓީމަށް ވެފައި ފުޓްބޯޅައިގެ އިތުރުން އެކި ގޮތްގޮތުން ވެސް ވާދަވެރި ދެ ގައުމަށް ވާތީ އެވެ. ސްކޮޓްލެންޑުން މީގެ ކުރިން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުތައް ވެސް ނިމުނީ ވަރަށް ފޯރިގަދަކޮށް ގޮހެވެ.

ސްކޮޓްލެންޑް ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން ކުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. އޭގެ ތެރޭގައި ސްކޮޓްލެންޑްގެ ކެޕްޓަން ލިވަޕޫލްގެ ވާތު ބެކް އެންޑީ ރޮބަޓްސަން އާއި އެސްޓަން ވިލާގެ މިޑްފީލްޑަރު ޖޯން މެގިން އަދި ދާދި ފަހުން އޮސްޓްރޭލިއާގެ ރަށްވެހިކަން ދޫކޮށް ސްކޮޓްލެންޑަށް ކުޅެން ނިންމި ލައިންޑޮން ޑައިކްސް ހިމެނެ އެވެ.

ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް

ކޯޗު: ސްޓީވް ކްލާކް

މަޝްހޫރު ގިނަ ޓީމުތަކުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމު ފުރި ކޯޗު ސްޓީވް ކްލާކް ސްކޮޓްލެންޑްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ މެއި މަހުގަ އެވެ. ކްލާކް ކޯޗިން ކެރިއަރު ފެށީ 1998 ވަަނަ އަހަރު. ނިއުކާސަލް ޔުނައިޓެޑްގައި ރޫޑް ގުލިޓްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ފަހުން އެސިސްޓަންޓެއްގެ ގޮތުގައި ލިވަޕޫލާއި ޗެލްސީގައި ވެސް މަސައްކަތްކުރި ކްލާކަކީ އިނގިރޭސި ފުޓްބޯޅަ އަށް ފަރިތަ ކޯޗެކެވެ.

ސްކޮޑު

ކީޕަރުން: ކްރެއިގް ގޯޑަން (ހާޓް)، ޑޭވިޑް މާޝަލް (ޑާބީ)، ޖޯން މެކްލޯފްލިން (ރޭންޖާސް)

ޑިފެންޑަރުން: ލިއަމް ކޫޕާ (ލީޑްސް ޔުނައިޓެޑް)، ޑެކްލަން ގެލަގާ (މަދަވޯލް)، ގްރޭންޓް ހަންލޭ (ނޯވިޗް ސިޓީ)، ޖެކް ހެންޑްރީ (ސެލްޓިކް)، ސްކޮޓް މެކްކެނާ (ނޮޓިންހަމް ފޮރެސްޓް)، ސްޓެފަން އޯޑޮނެލް (މަދަވޯލް)، ނޭތަން ޕެޓާސަން (ރޭންޖާސް)، އެންޑީ ރޮބަޓްސަން (ލިވަޕޫލް)، ގްރެގް ޓޭލާ (ސެލްޓިކް)، ކިއެރަން ޓިއާނީ (އާސެނަލް)

މިޑްފީލްޑަރުން: ސްޓުއާޓް އާމްސްޓްރޯންގް (ސައުތެމްޓަން)، ރިޔާން ކްރިސްޓީ (ސެލްޓިކް)، ޖޯން ފްލެކް (ޝެފީލްޑް ޔުނައިޓެޑް)، ބިލީ ގިލްމޯ (ޗެލްސީ)، ޖޯން މެކްގިން (އެސްޓަން ވިލާ)، ކަލުމް މެކްގްރެގޯ (ސެލްޓިކް)، ސްކޮޓް މެކްޓޮމިނޭއި (މެންޗެސްޓާ ޔުނައިޓެޑް)، ޑޭވިޑް ޓާންބުލް (ސެލްޓިކް)

ފޯވާޑުން: ޗޭ އެޑަމްސް (ސައުތެމްޓަން)، ލީންޑަން ޑައިކްސް (ކިއުޕީއާރް)، ޖޭމްސް ފޮރެސްޓް (ސެލްޓިކް)، ރަޔާން ފްރޭޒާ (ނިއުކާސަލް ޔުނައިޓެޑް)، ކެވިން ނިސްބެޓް (ހިބާނިއަން)

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox