ތިން ވަަަނަ ޑިވިޝަންގެ ފުރަތަމަ މޮޅު ޓެންޓަށް

Apr 19, 2021, 4:47 PM
ރޭގެ މެޗަށް ނުކުތް ޓެންޓް ސްޕޯޓްސް ކްލަބްގެ ފުރަތަމަ އެގާރަ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރޭގެ މެޗަށް ނުކުތް ޓެންޓް ސްޕޯޓްސް ކްލަބްގެ ފުރަތަމަ އެގާރަ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފެށިއިރު ފުރަތަމަ މެޗުން ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސްއާ ވާދަކޮށް ޓެންޓް ސްޕޯޓްސް ކްލަބް 4-1 އިން މޮޅުވެއްޖެ އެވެ.

އެއް ސީޒަނުގެ މެދުކެނޑުމަށް ފަހު ތިން ވަނަ ޑިވިޝަން އަލުން ފެށިއިރު، ރޭގެ މެޗު ކުޅުނީ ޓާފް އެއް ވަަނަ ދަނޑުގަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އާފިއު މުހައްމަދާއި ޔާމީން އިބްރާހިމް (ޔާމްބެ) އަދި އަބްދުﷲ ޒުބައިރު (ޒުއްބަ) ހިމެނޭ ޓެންޓުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ޓެންޓަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ މެޗުގެ 13 ވަނަ މިނިޓްގައި ޑިފެންޑަރު އިބްރާހީމް ސަނޫނެވެ. އަދި ދެ ވަނަ ލަނޑު 29 ވަނަ މިނިޓުގައި ޖަަހައި ޓެންޓުގެ ލީޑުފުޅާ ކޮށްދިނީ ކުރިން ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ޔާމްބެ އެވެ.

ދެ ގޯލުގެ ލީޑަކާ އެކު ޓެންޓުން ފުރަތަމަ ހާފު ނިންމާލިއިރު، ޓެންޓް ސްޕޯޓްސް ކުލަބުގެ ފޯވަޑް އަޒްމާން އަހުމަދު ވަނީ ދެ ވަނަ ހާފުގައި އެ ޓީމަށް އިތުރު ދެ ގޯލު ޖަަހައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ކްލަބް ބްލޫ ލެޕާޑްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ދެ ވަަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވަޑް އަހުމަދު ފިރާޝް އެވެ.

ތިން ވަނަ ޑިވިޝަނުގައި މިރޭ 10 ޖަހާއިރު ކުޅޭ މެޗުގައި ވިލިމާލެ ޔުނައިޓެޑް ބައްދަލުކުރާނީ ދެ ވަނަ ޑިވިޝަނަށް ރަނގަޅު ސްކޮޑަކާ އެކު ތައްޔާރުވި ވިލިމާލެ ޔުނައިޓެޑާ އެވެ.

މުބާރާތުގެ ފޯމެޓް މި ވަގުތު އޮތްގޮތަށް ބަލާއިރު، ފުރަތަމަ ދެ ގްރޫޕްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. އަދި ދެން އޮތް ދެ ގްރޫޕްގައި ހިމެނޭނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސް، ބިސްބުރު ސްޕޯޓްސް، ތުޅާދޫ އެވެންޗާސް ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލިމާލެ ޔުނައިޓެޑް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ސީގައި އޮތީ ސްޕޯޓްސް ކްލަބް ހޮސްކޯވޯ، ލިޓްލް ޓައުން ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. ފަހު ގްރޫޕްގައި ހިމެނެނީ ކްލަބް ޓީނޭޖް، ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ އަދި ރޭޖް ސްޕޯޓްސް ކްލަބް އެވެ.

ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން ޖެހޭތީ މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަން ނުބާއްވަ އެވެ. އެހެންވެ މި ފަހަރުގެ ތިން ވަނަ ޑިވިޝަން އަވަހަށް ބާއްވަން ނިންމީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ހަތަރު ޓީމެއް ކަނޑައެޅުމަށެވެ. އެފްއޭއެމުން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox