52 އަހަރަށް ފަހު ލެސްޓާ ފައިނަލަށް

Apr 18, 2021, 9:15 PM
ލަނޑު ޖެހުމަށް ފަހު ލެސްޓާގެ އިހެނާޗޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލެސްޓާގެ އިހެނާޗޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 19) - އިނގިރޭސި އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ސައުތެމްޓަން އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީން 52 އަހަރަށް ފަހު މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ލެސްޓާ ބައްދަލުކުރާނީ ފުރަތަމަ ސެމީގައި މެންޗެސްޓާ ސިޓީ ކަޓުވާލުމަށް ފަހު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޗެލްސީއާ އެވެ. ޗެލްސީ ބަލިކޮށް މިދިޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރީ އާސެނަލުންނެވެ. ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕް ފައިނަލެއްގައި ކުުޅުނީ 1969 ވަނަ އަހަރު އެވެ.

ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ލެސްޓާ އިން ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފަ އެވެ. ލެސްޓާ އިން 1982 ވަނަ އަހަރަށް ފަހު ފުރަަތަމަ ފަހަރަށް މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނުއިރު، އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ ފަހަކަށް އައިސް ތަފާތު ފޯމެއްގައި ހުރި ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.

Advertisement

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީ އަށް 4000 މީހުން ވައްދައިގެން ކުޅުނު މިރޭގެ މެޗުގައި ސައުތެމްޓަން އަށް ލެސްޓާ ގޯލަށް އަމާޒުކޮށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެ ޓިމުން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ އިބްރާހިމް ޑިއާލޯ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.

މެޗަށް ފަހު ލެސްޓާގެ ކޯޗު ރޮޖާސް ބުނީ ލެސްޓާގައި މިހާރު އޮތް ޓީމު އަނެއް ލެވަލަށް ދާން އެންމެ ބޭނުންވާ އެއްޗަކީ ޓްރޮފީ އެއް ހޯދުން ކަމަށެވެ. އެކަން ކުރަން ލެސްޓާ ނުކުންނަން ޖެހޭނީ ރޮޖާސްގެ ކޯޗިން ކެރިއަރު ފެށި ޗެލްސީއާ ދެކޮޅަށެވެ. ރޮޖާސް ބުނީ ފައިނަލުގައި މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox