ސާންތީއާ އެކު ޔޫވީގެ ފުޓްބޯޅަ ބަދަލުވާނެ ކަމުގެ އިތުބާރު އީސަ އަށް އޮތް

ލީގުގެ މެޗެއްގެ ތެރެއިން އީސަ (މ) ޓީސީގެ ދެ ކުޅުންތެރިން ކައިިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން އީސަ (މ) ޓީސީގެ ދެ ކުޅުންތެރިން ކައިިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ހެޑް ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވުމާ އެކު އެ ޓީމުގެ ފުޓްބޯޅަ ބަދަލުވާނެ ކަމުގެ އިތުބާރު އޮތް ކަމަށް އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ޔުނައިޓެޑް ވިކްޓްރީ މޮޅުވިއިރު، މިއީ މިދިޔަ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ މޮޅުވި ފުރަތަމަ މެޗެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އީސަ އެވެ.

އީސަ އާއި ސާންތީ މީގެ ކުރިން ވަނީ ކްލަބް ލެވަލްގައި އީގަލްސްގައި މަސައްކަތްކޮށްފަ އެވެ. އީސަ ބުނީ ސާންތީއާ އެކު މަސައްކަތްކުރި ދެ އަހަރެއްވަރު ތެރޭގައި ކޯޗު ކުޅުވަން ބޭނުންވާ ފުޓްބޯޅަ ދަސްވި ކަމަށާއި އެހެންވެ ޔުނައިޓެޑް ވިކްޓްރީގައި ވެސް އެ މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ކޯޗު (ސާންތީ) އައީމަ އެނގޭ އެ ބޯޅަކަން އަންނާނީ. ބޭނުންވަނީ އެ ބޯޅަ ކުޅެން. އަޅުގަނޑަށް ވެސް ހީވަނީ ދިވެހި ގިނަ ކުޅުންތެރިން ވެސް ބޭނުންވަނީ ތިރިކޮށްގެން ޕާސްކޮށްގެން (މާ ގިނައިން) ނުދުވެ ވީހާ ވެސް ބޯޅަ ބާއްވައިގެން ކުޅެން. އެ ބަދަލު ކަންނޭނގެ އަސްލު އައީ. ފުރަތަމަ ވެސް އިން ޔަގީންކަން ކޯޗު އައި ހިސާބުން ބޯޅަ ބަދަލުވާނެ ކަމުގެ،" ދަ ގްރާންޑޭ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ބުންޏެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ޓްރަސްޓް (އިތުބާރު) އިނދޭ އެ ބޯޅަ ބަދަލުވާނެ ކަމުގެ. ދެ އަހަރުގެ ތެރޭގައި ނޫނީ ކުރިއަށް އޮތްތާގަ.އި މިހާރު ވެސް ޕާސަނަލީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ޓީމުގެ ކުޅުމާ މެދު. ގޭމް ރަނގަޅު. ޔޫވީގެ ބޯޅަ ސިސްޓަމް ވެސް ރަނގަޅަށް އިނީ،"

ވެލެންސިއާގެ ސެންޓޭ (ކ) ކައިރިން އީސަ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު./ އެފްއޭއެމް
ވެލެންސިއާގެ ސެންޓޭ (ކ) ކައިރިން އީސަ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު./ އެފްއޭއެމް

ވެލެންސިއާގެ ސެންޓޭ (ކ) ކައިރިން އީސަ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު./ އެފްއޭއެމް

ގްރާންޑޭ މެޗުގެ ކުރިން ސާންތީ ވަނީ އީސަ އެންމެ ކުރިއަށް ބޭނުންކުރަނީ މި ވަގުތު ޓީމަށް އޭނާގެ ބޭނުން އެންމެ ރަނގަޅަށް ހިފެން އޮތީ އެ ގޮތަށް ކަމަށް ބުނެފަ އެވެ. މެޗުގައި އީސަ ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ މި ސީޒަނަށް ނުކުތީ މުހައްމަދު އާދަމްގެ ކޯޗުކަމުގަ އެވެ. އޭނާ ކޯޗުކޮށްދިން ހަ މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ވިކްޓްރީ ވީ އެއްވަރެވެ. އަނެއް ތިން މެޗުން ވީ ބައްޔެވެ. ސާންތީ ހަވާލުވި ފަހުން ފުރަތަމަ ފަސް މެޗުުގައި ބަލިވި ނަމަވެސް އެ ޓީމުން ނަތީޖާ ނެރެން ވަރަށް މަސައްކަތްކޮށް ގިނަ މެޗުތަކުގައި ރަނގަޅަށް ކުޅުނެވެ. ސާންތީ ކޮންމެ މެޗަކަށް ފަހު ވެސް ބުނަމުން އައީ ބަލިވަމުން މި އަންނަ "މި ދުވަސް ނިމޭނެ" ކަމަށެވެ. އެކަން ކުރެވުނީ ދަ ގްރާންޑޭ މެޗުގަ އެވެ.

"ކޮންމެ ދުވަހަކު ވެސް ދަނޑަށް އަންނަނީ ސީދާ މޮޅުވަން. އެ މާޒިޔާ އާއި ކުޅުނަސް ވެލެންސިއާއާ ކުޅުނަސް. އަންނަނީ ސީދާ ތިން ޕޮއިންޓް ނަގަންވެގެން. އެކަމަކު ކޯޗު އެންމެ ފުރަތަމަ ދުވަހު ވެސް ބުނާހެން ބައިވަރު ކަންތައްތައް ދިމާވަނީ ސިލެކްޝަންގެ މައްސަލަ އިންޖަރީގެ މައްސަލަ ބޭރު މީހުންގެ މައްސަލަ އެކަމަކު އެގޮތަށް ބައިވަރު ރަނގަޅު މެޗުތަކެއް ކުޅެފި. ބައިވަރު ރަނގަޅު ޗާންސްތަކެއް ލިބިއްޖެ. ހަމަ ގޯލެއް ނުޖެހި އަބަދުވެސް ގޯލެއްގެ ފަހަތުން އަހަރެމެން ފަށަނީ ވެސް އެ އުނދަގޫ އަސްލު އަންނަނީ،" ދިމާވާ މައްސަލަތަކަށް އިޝާރާތްކޮށް އީސަ ބުންޏެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު އީސަ ބުނީ މި ލިބުނު މޮޅާ އެކު ޓީމުގެ ރޫހު ރަނގަޅުވާނެ ކަމަށާއި މިއީ ކުޅުންތެރިންނާއި ކޯޗުން އަދި ކްލަބްގެ މެނޭޖްމަންޓުން ގުޅިގެން ކުރި މަސައްކަތުން ލިބުނު މޮޅެއް ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީ މި ވަގުތު ލީގުގެ އެންމެ ފުލުގައި އޮތީ 12 މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީއާ އެންމެ ގާތުގައި ލީގުގެ ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ 12 މެޗުން 12 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox