Header
Logo
team logo

ގާނާ

ގާނާ އަކީ ވޯލްޑް ކަޕްގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާ ގައުމެކެވެ. ގާނާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ގާނާ ވަނީ ފެނިފަ އެވެ. އެކަމަކު، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ގާނާ ކޮލިފައިނުވެ އެވެ ވޯލްޑް ކަޕެއްގައި ގާނާ އެންމެ ހިތި ތަޖުރިބާއެއް ކުރަން ޖެހުނު ފަހަރަކީ 2010 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރުގެ ކުއާާޓާ ފައިނަލުގައި އުުރުގުއޭ އަތުން މޮޅުވާން ލިބުނު ޕެނަލްޓީ އަސަމޮއާ ޖިޔާން އަތުން ބޭކާރުވިއިރު، ގެއްލުނީ ބޮޑު ފުރުސަތެކެވެ. ޖިޔާން އެ ޕެނަލްޓީ ކާމިޔާބުކުރި ނަމަ ގާނާ އަށް ތާރީހުން ޖާގަ ލިބޭނެ އެވެ. އެ ޓީމަށް ލިބެން އޮތީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކުރާ ފުރަތަމަ އެފްރިކާ ޓީމަށް ވުމުގެ ޝަރަފެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ގާނާ ކުރިމަތިލާއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައިގައި ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ދުވަސްވަރެކެވެ. އެއީ އެކި ގައުމުތަކުގައި ތިބި ގާނާ އަށް ނިސްބަތްވާ ކުޅުންތެރިން އެ ގައުމަށް ކުޅެން ނިންމި ފަހަރެއް ކަމަށް ވުމެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅެފައިވާ އެތުލެޓިކް ބިލްބާއޯގެ ފޯވާޑް އިނާކީ ވިލިއަމްސް ވަނީ ގާނާ އަށް ކުޅެން ނިންމައިފަ އެވެ. އާއިލީ ގޮތުން ގާނާއާ ގުޅުން އޮތުމުން ބްރައިޓަން އަށް ކުޅެމުން އަންނަ އިނގިރޭސި ފުލްބެކް، ތޯރިގު ލަމްޕްޓޭ ވަނީ ސީނިއާ ލެވަލްގައި އިންގްލެންޑަށް ނުކުޅެން ނިންމައިފަ އެވެ މީގެ އިތުރުން ވެސް ޖަރުމަނަށް އުފަން ތިން ކުޅުންތެރިއަކު، ވަނީ ގާނާ އަށް ކުޅެން ނިންމައިފަ އެވެ. އެއީ ޖަރުމަނުގެ ކްލަބް، ޑަމްސްޓާޑް 98 އަށް ކުޅޭ 22 އަހަރުގެ ޑިފެންޑަރު، ޕްފެއިފާ އާއި ހެމްބާގަށް ކުޅޭ އަމްބްރޯސިއަސް އާއި ކޮނިގްސްޑޮފާ އެވެ. މި ދެ ކުޅުންތެރިންނަކީ ޖަރުމަނު 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. . ގާނާ ފުޓްބޯޅަ ސަޕޯޓަރުންގެ އިތުބާރު ހޯދަން ބަލާއިރު، އެ ގައުމުގެ ފުޓްބޯޅަ ޓީމާ ހަވާލުވެ ހުރީ ގާނާ އާއި ޖަރުމަނުގެ އާއިލާތަކަށް ނިސްބަތްވާ ކޯޗު އޮޓޯ އަޑޯ އެވެ. ގާނާ ޓީމަށް ކުޅެވޭ ކުޅުންތެރިން އެކި ގައުމުތަކުން ގެންނަން ހިންގި ޕްރޮޖެކްޓަކީ އަޑޯގެ ވިސްނުމެކެވެ. އޭގެ އަށް ސަޕޯޓް ދިނީ ގާނާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޓް އޮކްރާކޫ އެވެ އަޑޯގެ ޕްރޮޖެކްޓާ މެދު ގާނާ ފުޓްބޯޅަ ފެޑެރޭޝަނަށް ޔަގީންކަން ލިބުނު އެންމެ ބޮޑު ސަބަަބަކީ އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ނައިޖީރިއާ ކަޓުވާލި ހިސާބުންނެވެ. ގާނާ ވޯލްޑް ކަޕްގައި ހަތަރު ވަނަ ފަހަރަށް ކުޅެން ތައްޔާރުވާއިރު، އެ ޓީމު ހިމެނޭ ގްރޫޕަކީ ޗެލެންޖެކެވެ . އަމަދުން މި ފަހަރު ގާނާ އާއި އުރުގުއޭ އެއް ގްރޫޕެއްގައި އޮތުމަކީ އެ ގައުމުގެ މީހުން ފުޓްބޯޅަ އަށް މީހުން ސަމާލުކަން ހުއްޓޭނެ އެންމެ ބޮޑު ސަބަބެވެ. އެއީ 2010 ވަނަ އަހަރުގެ ބަދަލުހިފުމަށެވެ