Header
Logo

އިނާކީ ވިލިއަމްސް

mesh

15 ޖޫން 1994 (29 އަހަރު)

ފޯވާޑް

ގާނާ

އެތުލެޓިކް ބިލްބާއޯ

ސްޕެއިން އަށް އުފަން އިނާކީ ވިލިއަމްސް އަކީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ނެގި ސްޕެއިންގެ ސްކޮޑްގައި "ސްޓޭންޑްބައި"ގެ ގޮތުގައި ނެގި ކުޅުންތެރިއެކެވެ. އަދި އެކުވެރިކަމުގެ މެޗެއްގައި ސްޕެއިންގެ ގައުމީ ޓީމަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފުރުސަތު ލިބުނެވެ. އެކަމަކު، ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ހޯދަން އުނދަގޫވުމުން، އޭނާ ވަނީ އޭނާގެ މައިންބަފައިން ނިސްބަތްވާ ގާނާ އަށް ކުޅެން ނިންމައިފަ އެވެ. އެހެންކަމުން މި އަހަރުގެ ސެޕްޓެމްބަރު މަހު ވިލިއަމްސް ވަނީ ފުރަތަމަ ފަހަރަށް ގާނާގެ ޓީމަށް ނަގައިފަ އެވެ. ވޯލްޑް ކަޕްގައި އިނާކީ އަކީ ގާނާގެ އެޓޭކްގައި މުހިންމު ކުޅުންތެރިއަކަށް ވާނެ އެވެ. ސްޕެނިޝް ލީގުގައި އަނިޔާގެ މައްސަލައެއް ކުރިމަތިނުވެ އެންމެ ގިނަ މެޗު ޖެހިޖެހިގެން ކުޅުނު ކުޅުންތެރިއާގެ ރެކޯޑް އޮތީ އިނާކީ އަތުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ގާނާ އިން ގިނަ ކުޅުންތެރިންތަކަކަށް ރަށްވެހިކަން ދީގެން ކުޅުވާއިރު، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އިތުބާރު ހޯދަން މި ކުޅުންތެރިންނަށް ލިބޭނެ ފުރުސަތަކީ ވޯލްޑް ކަޕްގައި މޮޅަށް ކުޅުމެވެ.