Advertisement

ފޮޓޯ: ރ. ރަސްގަތީމުން، ކޯޑިބޭ ހޭއެރުވުމާއި ކޯޑި ދުއްވުން

18 ޖޫން 2024 - 21:51 0

ކޯޑި ކެނޑުމާއި ކޯޑި ދުއްވުމަކީ އެންމެ އިހު ޒަމާނުއްސުރެ ރާއްޖޭގެ އެކި ސަރަހައްދަގައި މިއަދާ ހަމައަށް ވެސް ކުރަމުން ކުޅެމުން އަންނަ ބޮޑު އީދަށް ހާއްސަ ކުޅިވަރެއް


ކޯޑި ކަނޑާ މީހާ ނުވަތަ ކޯޑިބޭ އަތުލައިގަތުމަށްފަހު އޭނާ ހޭއެރުވުމަކީ ޒަމާނުއްސުރެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އީދުގައި ކުޅެމުން އަންނަ ކުޅިވަރެއް. ކޯޑިބޭ އަތުލައިގަތުމަށްފަހު ކަންވެރިންގެ ގާތަށް ގެންދާނީ އަތުލަފިކޮށްގެން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަކީ ރަށު ރަައްޔިތުންގެ ކުރިމަތީގައި ވަރަށް މަޖާކޮށް ކުޅޭ ކުޅިވަރެއް. ކޯޑި ކެނޑުމާއި ކޯޑި ނެރުމުގައި ދެ ޖިންސުގެ މީހުން ވެސް ބައިވެރިވޭ. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަކީ ރާއްޖޭގެ އެކި ހިސާބުގައި އެކި ގޮތަށް ކޮށް އުޅޭ ކަމެއް. ބައެއް ސަރަހައްދުގައި ކޯޑިބޭ ހޭއެރުވުމުގެ ބަދަލުގައި ފެން ވެސް ވަރުވާ. ކޯޑިބޭ ހޭ އަރުވާއިރު އެ ކުޅިވަރު ބަލަން އެ ރަށެއްގެ ކުދިބޮޑު އެންމެން ހާޒިރުވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަކީ ރަށު ރަައްޔިތުންގެ ކުރިމަތީގައި ވަރަށް މަޖާކޮށް ކުޅޭ ކުޅިވަރެއް. ކޯޑި ކެނޑުމާއި ކޯޑި ނެރުމުގައި ދެ ޖިންސުގެ މީހުން ވެސް ބައިވެރިވޭ. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑި ކުޅުމުގައި ޒަމާނަށް އަންނަ ބަދަލުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ޖެހުނު ނަމަވެސް، ޖުމުލަކޮށް އެކަން ކޮށް އުޅެނީ އިހުގައި ވެސް ކޮށް އުޅުނު ގޮތަށް. ކޯޑި ކުޅުމަކީ ބޮޑު އީދަށް އެންމެ ހާއްސަ އެއް ކުޅިވަރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަކީ ރަށު ރަައްޔިތުންގެ ކުރިމަތީގައި ވަރަށް މަޖާކޮށް ކުޅޭ ކުޅިވަރެއް. ކޯޑި ކެނޑާ މީހާ އަތުލައިގަތުމަކީ ވެސް ގިނަ ބަޔަކު އެކުވެގެން ކުރާ ކަމެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަކީ ރަށު ރަައްޔިތުންގެ ކުރިމަތީގައި ވަރަށް މަޖާކޮށް ކުޅޭ ކުޅިވަރެއް. ކޯޑިބޭ ހޭއަރުވަނީ ކަންވެރިއެއްގެ ކައިރިއަށް ގެންގޮސްގެން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ ހޭއެރުވުމަށްފަހު ދެން އޮންނާނީ ކޯޑިބޭ ގޮވައިގެން ރަށު ތެރޭގައި ކޯޑި ދުއްވުން. ރަސްގަތީމުގައި ކޯޑި ދުއްވަނީ ދެ އަވަށު ވާދައަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑި ދުއްވާ މަންޒަރު ބަލަން ރަށުގެ ކުދިބޮޑު އެންމެން ނުކުމޭ. ކޯޑި ދުއްވަނީ ސަގާފީ އެކި ހަރަކާތްތަކާ އެކު އެ ރަށެއްގެ ބޮޑެތި މަގުތައް މަތީގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިބޭ އަރުވައިގެން ކޯޑި ދުއްވަނީ ބޮޑުބެރުގެ ފުނައާ އެއްވަރަށް ފައިހަމަ ކުރާ ޒުވާނުންގެ ފަރި ހަރަކާތްކާއެކު. ކޯޑި ކުޅުމަކީ ބޮޑު އީދަށް ހާއްސަ ކުޅިވަރެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އީދުގައި ކުޅޭ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ގިނަ ކުޅިވަރުތަކުގައި ފަހުގެ ޖީލުތަކުގެ ކުދިން ވެސް ބައިވެރިވޭ. ރަސްގަތީމުގައި އަދިވެސް ކޯޑި ކުޅެނީ ވަރަށް ފޯރީގައި ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މި ކުޅިވަރުގައި ބައިވެރިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑިއަކީ އެންމެ އިހު ޒަމާނުއްސުރެ ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ކުޅެމުން އަންނަ ކުޅިވަރެއް. ޒަމާނީ ކުލަވަރު ކޮންމެވެސް ވަރަކަށް މިހާރު އެ ކުޅިވަރުގައި ޖެހިފައި ހުއްޓެއްކަމަކު ރަސްގަތީމުގައި ކޯޑި ކުޅެނީ ހުރިހާ އުމުރެއްގެ މީހުންގެ ވެސް ބައިވެރިވުމާއެކު -- ފޮޓޯ: މިރާޝް ނާޝިމް


ކޯޑި ކުޅުނު މަންޒަރު ބަލަން ނުކުމެ ތިބި ކުދީންނަށް ހަދިޔާ ބަހަނީ. ރަސްގަތީމުގައި ކޯޑި ކުޅެނީ ދެ ޖިންސުގެ މީހުން ވެސް ބައިވެރިވެގެން ވަރަށް ފޯރިއާއެކު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކޯޑި ދުއްވާ މަންޒަރު ބަލަން ރަސްގަތީމުގެ ކުދިބޮޑު ރައްޔިތުން ނުކުމެ އެކި ސަރަހައްދުތަކުގައި ތިބި. ކޯޑި ދުއްވީ އެރަށު ބޮޑެތި މަގުތަކުގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފޮޓޯ: ރ. ރަސްގަތީމުން، ކޯޑިބޭ ހޭއެރުވުމާއި ކޯޑި ދުއްވުން

18 ޖޫން 2024 - 21:51 0