Advertisement

ފޮޓޯ: ކުޅުދުއްފުށީ މާށި މާލި ޕެރޭޑު

18 ޖޫން 2024 - 17:12 0

ކޮންމެ ބޮޑު އީދެއްގައި ހދ. ކުޅުދުއްފުށީގައި ޖަހާ މަށިމާލި ޕެރޭޑު. މި ޕެރޭޑުގައި އެ އިރެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ކަންކަމަށް ފާޑުކިޔައި އެކި ފުޅަނދުތައް ދައްކައިލާ


ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުގައި ބައިވެރިވި މާލިތަކެއް، މިފަހަރުގެ މަށިމާލި ޕެރޭޑުގައި އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ މަސްވެރިކަމާ ގުޅުންހުރި އެކި ކަންތައްތަކަށް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށީމާލި ޕެރޭޑުގެ ތެރެއިން މަޝްރޫއުތައް ހިންގާ ގޮތަށް ފާޑުކިޔައި ތައްޔާރުކޮށްފައިވާ މާލިތަކެއް، ކުޅުއްފުށީ މަށިމާލި ޕެރޭޑަކީ މުޅި ރާއްޖެއަށް މަޝްހޫރު ޕެރޭޑެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށީމާލި ޕެރޭޑުގެ ތެރެއިން ހިސާބު ސޯގެ ނަމުން ނަން ދީފައިވާ މާއްޔެއް. ކުޅުދުއްފުށީ މަލިމާލި ޕެރޭޑަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ޕެރޭޑެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށީމާލި ޕެރޭޑުގެ ތެރެއިން. މިފަހަރުގެ ޕެރޭޑުގައި ގިނައިން ދައްކާލާފައި ވަނީ މަސްވެރިކަމުގެ ދާއިރާގައި ކަންހިނގާ ގޮތަށް ފާޑުކިޔައި ހަދާފައިވާ މާލިތައް. ކުޅުއްފުށީ މަށިމާލި ޕެރޭޑަކީ މުޅި ރާއްޖެއަށް މަޝްހޫރު ޕެރޭޑެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށީމާލި ޕެރޭޑުގައި ބައިވެރިވި މާއްޔެއް. މިފަހަރުގެ މާލި ޕެރޭޑުގައި މަސްވެރިންނަށް ފައިސާ ދިނުން ލަސްވެފައިވާކަން ހާމަކޮށް "މަސް ބުހުތާން ނަން ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާފަހުން" އަދި "ޗަކޮއި ލާރިކޮޅު ކޮބާ" މާލި ހިމެނޭ. -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށްދިޔަ މަށިމާލި ޕެރޭޑުގައި ކަރަންޓު ބިލު ހިފައިގެން ހުރި މާއްޔެއް، މިފަހަރުގެ ޕެރޭޑުގައި މިދިޔަ އަހަރު ތެރޭގައި މަޝްހޫރުކަން ހޯދި ކަންކަމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މަށިމާލިތަކުން މީހުން ހެއްވާލި -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ބައިވެރިވި މާލިތަކެއް. ކުޅުދުއްފުސީ މަށިމާލި ޕެރޭޑަކީ މުޅީން ތަފާތުކޮށް ހަމައެކަނި ކުޅުދުއްފުށީ މީހުން ޖަހާ ޕެރޭޑެއް. -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ބައިވެރިވި މާއްޔެއް، ދައްކުވައިދެނީ މަސްވެރި އަލިބެ. މިފަހަރުގެ މަށިމާލި ޕެރޭޑުގައި މަސްވެރިކަމާ ގުޅުންހުރި އެކި މައްސަލަތަކަށް ހާއްސަކޮށް ތައްޔާރުކުރި މާލިތަކާއި ފާޅުކުރި ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމު ވަނީ ބަލައިގަނެފައި -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ދައްކާލި "ޝޮޕިން ކާޑު". މިއީ އެމްޕީއެލްގެ ކާޑު ބޭނުންކޮށްގެން އެ ކުންފުނީގެ މެނޭޖުމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިޔަފާރި ކުރެއްވި ކަމަށް ކުރެވޭ ތުހުމަތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މާލިތަކެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ބައިވެރިވި މާއްޔެއް. "ކޮއްކޯފުޅު" މާއްޔަކީ އެމްޕީއެލްގެ ޝޮޕިން ކާޑާއެކު މާލިތަކާއެކު ނުކުތް މާއްޔެއް. މިފަހަރުގެ މާލި ޕެރޭޑުގައި ވެސް މުޖުތަމުގައި ހުރި އެތައް މައްސަލައަކަށް އަލި އަޅުވާލައި ތައްޔާރުކޮށްފައިވާ މާލިތައް ނެރެފައިވޭ -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ބައިވެރިވި މާލިތަކެއް. ދައްކުވައިދެނީ ލޯބިވެރިޔާއާ ބައްދަލު ކުރަން ކަމަށް ބުނެ ލާންޗެއްގައި މާލެ އަށް އެކަނިމާއެކަނި ކުރި ދަތުރަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މާއްޔެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ދިވެހިބަހަށް އެކަނި ހާއްސަ ށަވިޔަންޏަށް ހާއްސަކޮށްފައިވާ މާއްޔެއް. ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ޕެރޭޑެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި މެއި މަސް ނިމުމުގެ ކުރިން މަސްވެރިންނަށް ކޮށްދޭން ސަަރުކާރުން ވައުދުވި ކަންކަން ފުއްދައިދީފައި ނުވާކަން އަންގައިދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ފުޅަނދެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑުގައި ދައްކާލި "ކަމަނާގެ ކަރޯކޭ ކޮޓަރި" ގެ ނަމުން ނަން ދީފައިވާ ފުޅަނދެއް. ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އެތައް ބަޔަކު ކޮންމެ އަހަރު ވެސް އިންތިޒާރު ކުރާ ޕެރޭޑެއް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި ބައިވެރިވި މަށިމާލިތައް -- ފޮޓޯ: ޖައުފަރު އަލީ


ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި ދައްކާލި ހާއްސަ މާލިތަކެއްގެ ފަހަތުން "ޗަކޮއެ ލާރިކޮޅު ކޮބާ؟" ފުޅަނދު. މިފަހަރުގެ މަށިމާލި ޕެރޭޑަށް ވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައި -- ފޮޓޯ: ޖައުފަރު އަލީ


ފޮޓޯ: ކުޅުދުއްފުށީ މާށި މާލި ޕެރޭޑު

18 ޖޫން 2024 - 17:12 0