Advertisement

ނިރުފެހި އަލިފާން: 10 މީހަކު މަރުވި ހިތާމަވެރި ހާދިސާ

10 ނޮވެންބަރު 2022 - 14:33 0

އަބްދުﷲ އިޔާން

އަދި

މުހައްމަދު ޝާބިން

އަބްދުﷲ އިޔާން
މުހައްމަދު ޝާބިން

ރޭގެ ވަގުތެއްގައި ކާރު މަރާމާތުކުރާ ގަރާޖެއްގައި ރޯވެ ގަރާޖު މައްޗަށް ހުރި ދެ ފަންގިފިލާގައި ވަނީ އަލިފާން ހިފައިފަ އެވެ. މި ހާދިސާގައި 10 މީހުން މިހާތަނަށް މަރުވެފައިވެ އެވެ.


ނޮވެމްބަރު 10، 2022 - ގަރާޖް ތެރޭގައި ވަރަށް ބޮޑަށް އަލިފާން ހިފައިފައި. ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި 10 މީހެއް ވަނީ މަރުވެފައި. --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޮވެމްބަރު 10، 2022 - އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ގެ މީހުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ. އެ ސަރަހައްދަގުއައި 3 ފަޔާ ވެހިކަލް އެ ގަޑީގައި ދިޔައީ ހަރަކާތްތެރިވަމުން --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޮވެމްބަރު 10، 2022 - އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަނީ. ގިނަ އަދަދެއްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދައް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި --- ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު


ނޮވެމްބަރު 10، 2022 - ގަރާޖް ކުރިމަތީގައި އޮތް ކާރެއް ދުރަށް ޖެއްސުމަށް އާންމުންނާއި އެމްއެންޑީއެފް ގެ މީހުން ހަރަކާތްތެރިވަނީ. މި ހާދިސާގައި ބައެއް ސަައިކަލާއި ކާރަށްވެސް ވަނީ ގެއްލުން ލިބިފައި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޮވެމްބަރު 10، 2022 - އެ ސަރަހައްދުގެ ބައެއް ގޭގޭގައި ދިރިއުޅޭ ރައްޔިތުން މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު


ނޮވެމްބަރު 10، 2022 - ގަރާޖެ ތެރޭގައި ހުރި އަލިފާންގަނޑު ނިއްވާލުމަށްފަހު ސިފައިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށަނީ. މި އަލިފާންގަނޑު ނިވުނީ ގާތްގަނޑަކަށް 2 ގަޑި އިރުގެ މަސައްކަތުން. --- ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު


ނޮވެމްބަރު 10، 2022 - އެ ސަރަހައްދުގައި ހުރި ގެޔެއްގައި ދިރިއުޅޭ ބިދޭސީ މީހެއް ހާދިސާ ހިނގި ސަރަހައްދުގައި ހުއްޓިލައިގެން --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޮވެމްބަރު 10، 2022 - އަލިފާންގަަނޑު އެއްކޮށް ކޮންޓްރޯލް ކުރުމަށްފަހު ފަޔާ ފައިޓަރުން އެ ތަން ސާފް ކުރަން ފަޔާ ވެހިކަލްތަކާއި ފެން ހޮޅިތަށް ދުރުކުރަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނޮވެމްބަރު 10، 2022 - ގަރާޖް ގައި ރޯވެ އަނދަމުންދަނީ. ގިނަ އަދަދެއްގެ ދުން ވަނީ މާލެ ތެރޭގައާއި އެ ސަރަހަދުގައި ފެތުރިފައި --- ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު


ނޮވެމްބަރު 10، 2022 - އަލިފާންގަނޑު ނިއްވާލުމަށްފަހު ފެން ހޮޅިތަށް އެ ސަރަހައްދުން ދުރުކުރަނީ --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ނިރުފެހި އަލިފާން: 10 މީހަކު މަރުވި ހިތާމަވެރި ހާދިސާ

10 ނޮވެންބަރު 2022 - 14:33 0

އަބްދުﷲ އިޔާން
މުހައްމަދު ޝާބިން

އަބްދުﷲ އިޔާން

އަދި

މުހައްމަދު ޝާބިން