Advertisement

ފޮޓޯ؛ ހިތްގައިމު އާ ސީޕްލޭން ޓާމިނަލް

16 ޖުލައި 2022 - 10:37 0

އަބްދުﷲ އިޔާން

އަބްދުﷲ އިޔާން

މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނަލް ޓާމިނަލެވެ. އެއާއެކު އެވްރެޖްކޮށް، 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް މިތަން ބޭނުންކުރާނެ އެވެ.


އާ ސީޕްލޭން ޓާމިނަލް، ނޫވިލް: ހިތްގައިމު މި ޓާމިނަލް ހުޅުވުމަށްޓަކައި ފަހުގެ މަސައްކަތްތައް ކުރިއަށް ދާއިރު، މިތަނުގައި 500 ވަޒީފާ ގާއިމުވެގެން ދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ބުނޭ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން ޓާމިނަލް. ދުވާލަކު 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން މި ޓާމިނަލް ބޭނުންކުރާނެ ކަމަށް އެއާޕޯޓްސް ކޮމްޕެނީން ލަފާކުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާ ޓާމިނަލް، ނޫވިލް: މި ޓާމިނަލްގެ ވަޒީފާތަކަށް 100 މީހުން ވަނީ ނަގާފައި. -- އަބްދުﷲ އިޔާން/ އަދަދު


އާ ޓާމިނަލްގެ ޕްލެޓްފޯމް: ފަންސާސް ވަރަކަށް ރިސޯޓް ލައުންޖު މި ޓާމިނަލްގައި ހުންނާނެ. ލައުންޖުތަކުގެ އިތުރުން ކޮމަން އަދި ބިޒްނަޒް ލައުންޖެއް ގާއިމުކޮށްފައިވޭ. -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އާ ސީޕްލޭން ޓާމިނަލުގެ ބޭރުގައި ގާއިމުކޮށްފައިވާ ޕާކިން އޭރިއާ. އެތައް ހާސް ފަތުރުވެރިންނެއް މި ޓާމިނަލް ކޮންމެ ދުވަހަކު ވެސް ބޭނުންކުރާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސީޕްލޭން ޓާމިނަލްގެ ލޯންޖުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން. މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފެންވަރަށް އެމްއޭސީއެލުން ތަރައްގީކޮށްފައިވާ ޓާމިނަލެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އާ ސީޕްލޭން ޓާމިނަލަށް ވަންނަ ސަރަހައްދު. މި ތަން ޑިޒައިން ކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ދިވެހިވަންތަ ގޮތަކަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފަތުރުވެރިން ޒިޔާރަތްކުރުން ދަށް ދުވަސްވަރުގައި އެވްރެޖުކޮށް ސީޕްލޭންގެ 300 މޫވްމަންޓް އޮޕަރޭޓްކުރާއިރު، ޓޫރިސްޓުން ޒިޔާރަތްކުރުން ރަނގަޅު ދުވަސްވަރު 600 މޫވްމަންޓް އޮޕަރޭޓްކުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާ ސީޕްލޭން ޓާމިނަލްގައި ހުންނަ ޓީއެމްއޭގެ ކައުންޓަރު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާ ޓާމިނަލުން ރިސޯޓްތަކަށް ގިނަ ލައުންޖުތަކެއް ހާއްސަކޮށްފައިވާއިރު، ހަ ލައުންޖު ފިޔަވައި ހުރިހާ ލައުންޖެއް މިހާރު ވަނީ ވިކިފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޓާމިނަލްގެ ޑޮކުގައި އަޅާފައި އޮތް ޓީއެމްއޭގެ ސީޕްލޭނެއް. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަކީ ޓީއެމްއޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އާ ސީޕްލޭން ޓާމިނަލް، ނޫވިލް: ގިނަ ބަޔަކަށް ހިދުމަތް ދިނުމަށް ބޮޑު ސީޕްލޭން ޓާމިނަލެއް އިމާރާތްކޮށްފައި ވާއިރު، އެ ޓާމިނަލްގެ އެކި ވަޒީފާތަކަށް 100 އަށް ވުރެ ގިނަ ދިވެހިން ވަނީ ނަގައިފަ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާ ސީޕްލޭން ޓާމިނަލް، ނޫވިލް: މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން ޓާމިނަލް. މި ޓާމިނަލް ހުޅުވުމުން ދުވާލަކު 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން މި ޓާމިނަލް ބޭނުންކުރާނެ ކަމަށް އެއާޕޯޓްސް ކޮމްޕެނީން ލަފާކުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސީޕްލޭން ޓާމިނަލްގެ އެރައިވަލް ގޭޓް: ފަތުރުވެރިން ޒިޔާރަތްކުރުން ދަށް ދުވަސްވަރުގައި އެވްރެޖުކޮށް ސީޕްލޭންގެ 300 މޫވްމަންޓް އޮޕަރޭޓްކުރާއިރު، ޓޫރިސްޓުން ޒިޔާރަތްކުރުން ރަނގަޅު ދުވަސްވަރު 600 މޫވްމަންޓް އޮޕަރޭޓްކުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފޮޓޯ؛ ހިތްގައިމު އާ ސީޕްލޭން ޓާމިނަލް

16 ޖުލައި 2022 - 10:37 0