Advertisement

ފޮޓޯ: ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ބަޔަކު ހަމަލާދީ ހުއްޓުވުން

21 ޖޫން 2022 - 08:53 0

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް މިއަދު ގަދަކަމުން ބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގާފައި. އަޑުގަދަކުރަމުން އެތަނަށް ވަން މީހުން ވަނީ ހަރަކާތުގެ ބައެއް ބައިވެރިންނަށް ހަމަލާ ވެސް ދީފައި. ފުލުހުން އެ ސަރަހައްދު ކޮންޓްރޯލް ކުރީ ކަރުނަ ގޭސް ޖަހައިގެން.


ޖޫން 21، 2022: ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި ހަރަކާތަށް ހުރަސް އެޅި ބައެއް މީހުން. އެ މީހުން ވަނީ ދަނޑަށް ގަދަކަމުން ވަދެގަނެ އެތަނުގައި ތިބި ބައެއް މީހުންނަށް ހަމަލާ ދީފައި --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ގަލޮޅު ދަނޑުގައި ޖަހާފައި ހުރި އިންޑިއާ އާއި ރާއްޖޭގެ ދިދަތައް ހުރި ދަނޑިތައް އުފުރާލައި އެ ބިންދާލުމަށް ފަހު އެ ބޭނުންކޮށްގެން ބައެއް މީހުންގެ ގައިގައި ވަނީ ޖަހާފައި. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 މިނެޓު ފަހުން --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ގަލޮޅު ދަނޑަށް ގަދަކަމުން ވަންނަން އުޅުނު މީހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ. އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިން --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ޔޯގާ ދުވަހާ ދެކޮޅަށް ހިންގި ހަރަކާތުގައި މީހަކު ބޯޑެއް ހިފަހައްޓައިގެން. ރާއްޖޭގެ ގިނަ އިލްމުވެރިން ދިޔައީ މި ހަރަކާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން. ޔޯގާގައި ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ބަޔާނެއް ވެސް ނެރެފައި --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ޔޯގާ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑު ބޭރަށް މީހުން އެއްވެފައި. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ޔޯގާ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑު ބޭރަށް އެއްވި ބަޔަކު ދަނޑަށް ވަންނަން މަސައްކަތް ކުރަނީ. އެވަގުތު ރާއްޖޭގައި ތިބޭ ބައެއް ޑިޕްލޮމެޓުން ވެސް ދަނޑުގައި ތިބި --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ޔޯގާ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑު ބޭރަށް އެއްވި ބަޔަކު ދަނޑަށް ވަންނަން މަސައްކަތް ކުރަނީ. އެވަގުތު ރާއްޖޭގައި ތިބޭ ބައެއް ޑިޕްލޮމެޓުން ވެސް ދަނޑުގައި ތިބި --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ދަނޑު ބޭރަށް އެއްވި މީހުން ފޮނުވާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހާފައި. އެ މީހުން ދަނޑަށް ވަދެގަތީ ގަދަކަމުން. އެ މީހުން ނެރެވުނީ ގާތްގަނޑަކަށް 40 މިނެޓު ފަހުން. --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ޖޫން 21، 2022: ޔޯގާ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑު ބޭރަށް އެއްވި މީހުން ފުލުހުންނާ ކުރިމަތިލަނީ. އެ ތަނަށް ގަދަކަމަށް ވަދެގަތް މީހުން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ވެސް ހަމަލާ ދީފައިވޭ --- ފޮޓޯ: ހުސައިން ފިޔާޒު މޫސާ/އަދަދު


ފޮޓޯ: ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ބަޔަކު ހަމަލާދީ ހުއްޓުވުން

21 ޖޫން 2022 - 08:53 0