Advertisement

ފޮޓޯ؛ އުކުޅަސް ކުޅިވަރު ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގަތުން

28 މޭ 2022 - 02:45 0

އަބްދުﷲ އިޔާން

އަބްދުﷲ އިޔާން


މެއި 27، 2022: އއ. އުކުޅަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ އެ މަނިކުފާނު ސަލާން ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: އއ. އުކުޅަހުގައި ރައީސް ސޯލިހު ކުޑަ ކުއްޖަކު އުރުއްވައިގެން ފޮޓޯއަކަށް ހުއްޓިވަޑައިގެން. ރައީސް އުކުޅަހަށް ވަޑައިގަތީ މާދަމާ ފަށާ ދެ ދުވަހުގެ ވިޔަފަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް.-- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް، ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ ސަލާން ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: މާދަމާ ފަށާ ދެ ދުވަހުގެ ވިޔަފަތި ކޮންފަރެންސްގެ ބައިވެރިންނަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގައި ރައީސް ސޯލިހު ވެސް ވައިވެރިވެވަޑައިގެންނެވި. .-- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: މިއަދު ބޭއްވި ކުޅިވަރުތަކުގެ ތެރެއިން ވޮލީ ކުޅުއްވަން ފެށްޓެވުމުގެ ކުރިން ރައީސް ސޯލިހު އާއި އެހެން ކުޅުންތެރިން ސްޓްރެޗް ހައްދަވަނީ-- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވުމަށް އއ. އުކުޅަހަށް ވަޑައިގެންނެވި ބޭފުޅުން ދެކެ ފަރިތަ ވެލަން މިއަދު ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ވާ ދަމަނީ. ކޮންފަރެންސްގައި ކައުންސިލްތަކުގެ ރައީސުންނާއި ޑަބްލިޔޫޑީސީގެ ރައީސުންނާއެކު ޖުމުލަ 174 މީހުން ބައިވެރިވޭ. -- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: އއ. އުކުޅަހުގައި ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ވާދެމުމުގެ މުބާރާތުގައި ބައިވެރިވި ޓީމެއްގެ ކުޅުންތެރިން، -- ފޮޓޯ: ރައީސް އޮފީސް


މެއި 27، 2022: ކުޅިވަރު ހަރަކާތްތައް ޓީމުތަކުގެ ތެރެއިން ބޯޅަ، ކޯލާ އަމާޒުކުރުމުގެ މުބާރާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބޯޅަ ޖައްސަވަނީ. .-- ފޮޓޯ: ރައީސް އޮފީސް


ފޮޓޯ؛ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުކުޅަހަށް ވަޑައިގެން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު އެރަށުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައި އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފިއެވެ.


ފޮޓޯ؛ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުކުޅަހަށް ވަޑައިގެން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު އެރަށުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައި އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފިއެވެ.





ފޮޓޯ؛ އުކުޅަސް ކުޅިވަރު ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގަތުން

28 މޭ 2022 - 02:45 0