Advertisement

ފޮޓޯ: އެމްޑީޕީގެ ތާރީހީ އިންތިހާބުގެ މަންޒަރުތައް

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު މި އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވޭ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށްވުރެ ގިނަ ވޯޓުން.


މެއި 14، 2022: މާލޭގައި ބެހެއްޓި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ބޮނޑި ބޮނޑިއަށް ވޯޓު އަޅާފައިވާތީ އެތަނުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން. އެ ވޯޓު ފޮށި ގުނީ 14 ވޯޓު ނުލައި --- ފޮޓޯޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދަނީ. ޖުމްލަ 282 ވޯޓު ފޮށި ބެހެއްޓިއިރު ފައްޔާޒު ކުރި ހޯއްދެވީ 58 ޕަސެންޓު ވޯޓު ހޯއްދަވައިގެން ---ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އިންތިހާބުގައި ވޯޓުލުމަށް ގޮސް ތިބި ބަޔަކު ވާހަކަ ދައްކަނީ. ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު މި އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވޭ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ. ކެމްޕެއިންގެ ފޯރި އިންތިހާއަށް ގަދަވެގެންދިޔަ, މި އިންތިހާބުގައި ފައްޔާޒު ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން, އެމަނިކުފާނުގެ ތާއިދާއެކު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި އިމްތިޔާޒު ފަހުމީ ވޯޓު ދެއްވަން ވަޑައިގަންނަވަނީ. އިންތިހާބުގައި ވޯޓުލި މީހުންގެ ތެރެއިން 42 ޕަސެންޓު މީހުން އޭނާއަށް ވޯޓުލި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލަނީ. އެ ޕާޓީއަށް ނިސްބަތްވާ 49،000 އަށްވުރެ ގިނަ މެމްބަރުން މި އިންތިހާބުގައި ވޯޓުލި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 14، 2022: ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވަނީ. އިމްތިޔާޒު ނުކުންނެވީ ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއެކު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 14، 2022: އިންތިހާބުގައި ވޯޓުލުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ރައީސް ނަޝީދުގެ ކޮއްކޮ ޑރ. ނާޝިދު ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވަނީ. އެ ދެ ބޭފުޅުން ވެސް ތާއީދު ކުރެއްވީ އިމްތިޔާޒު ފަހުމީއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން. މި އިންތިހާބުގައި އެ ޕާޓީއަށް ނިސްބަތްވާ 49،000 މެމްބަރުން ވޯޓު ދިން. ޖުމްލަ 94،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް. ޖުމްލަ 282 ވޯޓު ފޮށި ބެހެއްޓިއިރު 49،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލުމަށް ނުކުތް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. އެމަނިކުފާނު މި އިންތިހާބާ ދިމާކޮށް ފާޅުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އާއިލާ ބޭފުޅުން އިމްތިޔާޒުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: މިއަދު ހެނދުނު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވޯޓުލައްވަނީ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށް ވުރެ ގިނަ ވޯޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އެމްޑީޕީގެ އިންތިހާބުގައި ވޯޓުލުމަށް މަޖިލިސް ރައީސް ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ޖަމާލުއްދީން ސްކޫލުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ރައީސް ސޯލިހު މިއަދު ހެނދުނު ވޯޓުލައްވަނީ. ރައީސް ވިދާޅުވީ އިންތިހާބެއްގައި ފެންނާނެ ހުރިހާ ކަމެއް މި އިންތިހާބުގައި ފެނިގެން ހިނގައްޖެ ކަމަށާއި އެހެން ނަމަވެސް, ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ވޯޓުލާން ގޮސް ހުރި މީހަކާ ރައީސް ސޯލިހު ސަލާން ކުރައްވަނީ. ރައީސް ވިދާޅުވީ "އެމްޑީޕީގެ ކޮންމެ އިންތިހާބަކީ ވެސް މުހިއްމު އިންތިހާބެއް" ކަމަށް. ވޯޓުލެއްވުމަށް ފަހު ދަރުމަވަންތަ ސްކޫލްގެ ބޭރުގައި އެމަނިކުފާނު އިރުކޮޅަކު މަޑުކޮށްލެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފޮޓޯ: އެމްޑީޕީގެ ތާރީހީ އިންތިހާބުގެ މަންޒަރުތައް

14 މޭ 2022 - 23:53 0

އަބްދުﷲ އިޔާން
މުހައްމަދު ޝާބިން

އަބްދުﷲ އިޔާން

އަދި

މުހައްމަދު ޝާބިން