Advertisement

ފޮޓޯ; އެމްޑީޕީގެ އިންތިހާބުގެ ވޯޓުލުން ފޯރީގައި ކުރިއަށް

ފޯރިގަދަ މި އިންތިހާބުގައި 94،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. އެމްޑީޕީގެ އާ ޗެއާޕާސަން އާއި އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް އިންތިހާބު ކުރާނެ. އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 282 ވޯޓު ފޮށި ބަހައްޓާފައިވޭ.


މެއި 14، 2022: ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ. މި އިންތިހާބުގައި އެމްޑީޕީގެ 94،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އިންތިހާބުގައި ވޯޓުލި މީހެއްގެ ކަނާތު ޝަހާދަތް އިނގިލީގައި ފާހަގަ ޖަހަނީ. އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 282 ވޯޓު ފޮށި ބަހައްޓާފައިވޭ. މާލޭ މެމްބަރުންނަށް ހާއްސަކޮށް 15 ފޮށި ބަހައްޓާފައިވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 14، 2022: ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވަނީ. އިމްތިޔާޒު ނުކުމެ ހުންނެވީ ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއެކު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެއި 14، 2022: ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވަމުންދާ ކެނޑިޑޭޓުންގެ މަންދޫބުންތަކެއް. އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ބަހުގެ ހަމަލާތައް މެމްބަރުންގެ މެދުގައި ބަދަލުކުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: އިންތިހާބުގައި ވޯޓުލުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ރައީސް ނަޝީދުގެ ކޮއްކޮ ޑރ. ނާޝިދު ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވަނީ. އެ ދެ ބޭފުޅުން ވެސް ތާއީދު ކުރައްވަނީ އިމްތިޔާޒު ފަހުމީއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. އެމަނިކުފާނު މި އިންތިހާބާ ދިމާކޮށް ފާޅުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އާއިލާ ބޭފުޅުން އިމްތިޔާޒުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: މިއަދު ހެނދުނު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވޯޓުލައްވަނީ. އޭނާ އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ހަރަކާތްތައް ނުހިނގާ ކަމަށް ބުނެ 2023 ހޯދުމަށް ޕާޓީ އިތުރަށް ހަރަކާތްތެރިކުރުމަށް ކަންތައްތަކެއް ހުށަހަޅަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވަމުން އަންނަ ކެންޑިޑޭޓުންގެ މަންދޫބުންތަކެއް ލިސްޓު ބަލަހައްޓަނީ. ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އާންމު މެމްބަރުން ދެކޭ ގޮތުގައި ޕާޓީ "ބައިބައިވެގެން ނުދާނެ" --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ރައީސް ސޯލިހު މިއަދު ހެނދުނު ވޯޓުލައްވަނީ. ރައީސް ވިދާޅުވީ އިންތިހާބެއްގައި ފެންނާނެ ހުރިހާ ކަމެއް މި އިންތިހާބުގައި ފެނިގެން ހިނގައްޖެ ކަމަށާއި އެހެން ނަމަވެސް, ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ވޯޓުލާން ގޮސް ހުރި މީހަކާ ރައީސް ސޯލިހު ސަލާން ކުރައްވަނީ. ރައީސް ވިދާޅުވީ "އެމްޑީޕީގެ ކޮންމެ އިންތިހާބަކީ ވެސް މުހިއްމު އިންތިހާބެއް" ކަމަށް. ވޯޓުލެއްވުމަށް ފަހު ދަރުމަވަންތަ ސްކޫލްގެ ބޭރުގައި އެމަނިކުފާނު އިރުކޮޅަކު މަޑުކޮށްލެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ. މި އިންތިހާބުގައި އެމްޑީޕީގެ 94،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު



މެއި 14، 2022: ވޯޓުލާން ގޮސް ހުރި މީހަކާ ރައީސް ނަޝީދު ސަލާން ކުރައްވަނީ. އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 09:00 ގައި. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ގދ. ގައްދޫގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވާދަކުރައްވާ މި އިންތިހާބު ފާހަގަވަނީ އެމްޑީޕީގެ ކުރިމަގު ކަނޑައަޅާ ވޯޓެއްގެ ގޮތުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މެއި 14، 2022: ވޯޓުލާ މަރުކަޒެއްގައި ހުރި މީހަކާ އެކު ރައީސް ސޯލިހު ފޮޓޯއެއް ނަންގަވަނީ. އެމަނިކުފާނު ޗެއާޕާސަންގެ އިންތިހާބުގައި ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ އެކު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފޮޓޯ; އެމްޑީޕީގެ އިންތިހާބުގެ ވޯޓުލުން ފޯރީގައި ކުރިއަށް

14 މޭ 2022 - 13:27 0

މުހައްމަދު ޝާބިން
އަބްދުﷲ އިޔާން

މުހައްމަދު ޝާބިން

އަދި

އަބްދުﷲ އިޔާން