Advertisement

ފޮޓޯ ގެލަރީ: ނޫސްވެރިކަމުގެ އިނާމު ދިނުން

12 އޮކްޓޯބަރު 2021 - 07:26 2

ހުސެއިން ޝަޔާހް

ހުސެއިން ޝަޔާހް

މިފަހަރު އެންމެ ގިނަ އެވޯޑް ލިބުނީ ސަންގު ޓީވީގެ ނޫސްވެރިންނަށެވެ. އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ތިން އެވޯޑެއް ލިބުނެވެ.


އޮކްޓޯބަރު 11، 2021: ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޗާޕްހާނާ، އަދި ގިނަ އަދަދެއްގެ ފޮތް ލިޔުއްވައި ޝާއިއުކުރެއްވި ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިން، ނޫސްވެރިކަމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް އެރުވި ލައިވް ޓައިމް އެޗީވްމެންޓް އެވޯޑާ، އޭނާގެ ދަރިކަނބަލުން އައިޝަތު އަލީ ހަވާލުވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ނޫސްވެރިކަމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް އެރުވި ލައިވް ޓައިމް އެޗީވްމެންޓް އެވޯޑާ، އޭނާގެ ދަރިކަލުން ހަވާލުވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު ސަންގް ޓީވީގެ ހައްވާ މިންހާ އާ އިނާމާއި އެވޯޑް ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: މިދިޔަ އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓަކަށް ހޮވުނު "ވަގުތު"ގެ އިބްރާހިމް ޝާބިލްއާ އެވޯޑް ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު "އަދަދު"ގެ މުހައްމަދު ހަމްދޫންއާ އެވޯޑް ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ސިޔާސީ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު ސަންގު ޓީވީގެ މާހަތު ހުސެއިން ރަޝީދުއާ އެވޯޑް ހަވާލުކޮށް ދެއްވަނީ. ފީޗާ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނީ މާހަތު-- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: އިޖުތިމާއީ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު ރާއްޖެ ޓީވީގެ އަމްނާ އިމާދުއާ އެވޯޑް ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު "ވަގުތު"ގެ މުހައްމަދު އަޒުހީމް އަޒީޒުއާ އެވޯޑް ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


އޮކްޓޯބަރު 11، 2021: ނޫސްވެރިކަމުގެ އިނާމު ދިނުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހްމީ ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


ފޮޓޯ ގެލަރީ: ނޫސްވެރިކަމުގެ އިނާމު ދިނުން

12 އޮކްޓޯބަރު 2021 - 07:26 2