Advertisement

ރިހިޔޫބީލްގެ ކާމިޔާބަކީ މުވައްޒަފުންގެ ހިނިތުންވުން

28 ޖޫން 2021 - 11:03 0

ހުސެއިން ޝަޔާހް

ހުސެއިން ޝަޔާހް


ރެއިންބޯ އެލްމިނިއަމްގެ ފެކްޓްރީގައި ފެބްރިކޭޝަން މަސައްކަތުގައި 80 މުވައްޒަފުން ހަރަކާތްތެރިވޭ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ހުޅުމާލޭގައި ހުންނަ ރެއިންބޯ އެލްމިނިއަމް ފެކްޓްރީ ހުޅުވީ 2017 ގައި .. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯ އެލްމިނިއަމް ފެކްޓްރީގައި ގިނައިން ކުރަނީ އެލްމިނިއަމް ދޮރާއި ދޮރުފަތުގެ މަސައްކަތް.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެލްމިނިއަމް ޕްރޮޑަކްޓްތައް ވިއްކާ ރެއިންބޯގެ އެލްމިނިއަމް ފެކްޓްރީގައި އެލްމިނިއަމް ފެބްރިކޭޝަންގެ ހުރިހާ މަސައްކަތެއް ކުރެވޭ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯގެ އެލްމިނިއަމް ޕްރޮޑަކްޓްތައް ފަރުމާކުރަނީ އެންމެ ކޮލިޓީ ރަނގަޅު މެޓީރިއަލްތައް ރާއްޖެއިން ބޭރުން އެތެރެކޮށްގެން.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


އެލްމިނިއަމް މަސައްކަތްތަކުގެ ތެރެއިން ރެއިންބޯއަށް އެންމެ ގިނަ އަދަދެއްގެ އޯޑަރު ލިބެނީ ބެލްކަނީ ދޮރާއި ކުޑަދޮރުތަކުގެ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


އެލްމިނިއަމް ޕްރޮޑަކްޓްތައް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދިނުމުގައި އެންމެ ތަޖުރިބާކާރު ރެއިންބޯއިން މި މަސައްކަތް ކުރާތާ 25 އަހަރު ވެއްޖެ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯ އެލްމިނިއަމް ފެކްޓްރީގައި އެލްމިނިއަމް މަސައްކަތް ކުރަން ބޭނުންކުރަނީ ޒަމާނީ ޓެކްނޮލޮޖީ އަދި އެލްމިނިއަމް ފެބްރިކޭޝަން ދާއިރާގެ އީޖާދީ އުފެއްދުންތައް.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ފެކްޓްރީގައި މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން. އެގޮތުން ފެކްޓްރީ ތެރޭގައި މާސްކު އެޅުން މަޖުބޫރު.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯ ފެކްޓްރީގައި ކުރާ މަސައްކަތްތަކުގެ އިތުރުން ސައިޓްތަކަށް ގޮސް އިންސްޓޮލޭޝަން މަސައްކަތް ކުރޭ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


މި އެލްމިނިއަމް ޕްރޮޑަކްޓްތަކަކީ ކަސްޓަމަރުންގެ ބޭނުމަށް ފަރުމާކުރެވިގެން ކަސްޓަމަރުންގެ މިނަށް ކަސްޓަމައިޒް ކުރެވޭ ޕްރޮޑަކްޓްތަކެއް.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯ އެލްމިނިއަމްގެ ޕްރޮޑަކްޓް ލައިންގައި ބެލްކަނީ ރެއިލިން އާއި ކްލެޑިން އާއި ފަސާޑްގެ އިތުރުން ޝަވާ ކިއުބިކަލް ފަދަ ޕްރޮޑަކްޓްތައް ހިމެނޭ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރެއިންބޯގެ އެލްމިނިއަމް ޕްރޮޑްކްޓްތަކަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ އަދި ފެން ލީކް ވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެއް.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރާއްޖޭގެ އެއް ނަމްބަރު އެލްމިނިއަމް ޕްރޮޑަކްޓް ސަޕްލަޔަރަކީ ރެއިންބޯ އެލްމިނިއަމް.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ފެކްޓްރީ ހުޅުވުމުގެ ކުރިން ގިނަ ޕްރޮޑަކްޓްތައް ރާއްޖެއިން ބޭރުން ގެނައި ނަމަވެސް، މިހާރު ގިނަ އުފެއްދުންތައް ފަރުމާކުރަނީ ސީދާ ރާއްޖޭގައި.. ފޮޓޯ: ހުސެއިން ޝަޔާޙް / އަދަދު


އެލްމިނިއަމް މަސައްކަތް ކުރާ އިރު ފެކްޓްރީގައި ތިބޭ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިފައި ހުރޭ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ރެއިންބޯ އެލްމިނިއަމްގެ ހިދުމަތްތައް ފޯރުކޮށްދޭ ~ ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


ކަސްޓަމަރުންނަށް ރެއިންބޯ އެލްމިނިއަމް ޝޯރޫމްއަށް ޒިޔާރަތްކޮށްގެން މި ހިދުމަތްތައް ތަޖުރިބާކޮށްލައިގެން އޯޑަރުކޮށްލެވޭނެ.. ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު


މާލެ އާއި އަތޮޅުތެރޭގެ އިމާރާތްތަކާއި މިސްކިތްތަކުން ރެއިންބޯ އެލްމިނިއަމްގެ މަސައްކަތްތައް ފެނޭ.. ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


އެލްމިނިއަމް ފެބްރިކޭޝަން މަސައްކަތުގައި ރެއިންބޯ ފެކްޓްރީގައި ބޭނުންކުރަނީ ޒަމާނީ އިކުއިޕްމަންޓް.. ފޮޓޯ: ހުސެއިން ޝަޔާޙް / އަދަދު


ރެއިންބޯގެ އެލްމިނިއަމް ޕްރޮޑަކްޓްތަކުގެ ތެރޭގައި އެންމެ މަގުބޫލީ ބެލްކަނީ އަދި ރެއިލިން އުފެއްދުންތައް.. ފޮޓޯ: ހުސެއިން ޝަޔާޙް / އަދަދު


ރެއިންބޯ އެލްމިނިއަމްގެ ފެކްޓްރީގައި ފެބްރިކޭޝަން މަސައްކަތުގައި ދިވެހިންނާއި ބިދޭސީން ހަރަކާތްތެރިވޭ.. ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ރިހިޔޫބީލްގެ ކާމިޔާބަކީ މުވައްޒަފުންގެ ހިނިތުންވުން

28 ޖޫން 2021 - 11:03 0