ހުޅުލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހިންގި ބޮޑު މާރާމާރީއެއްގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާދެނީ

2 އޭޕްރީލް 2025 - 13:33 0

އަނިޔާވި ބައެއް މީހުން ހޮސްޕިޓަލުގައި: މާރާމާރީ ހިންގީ ޗައިނާ، ބަންގްލަދޭޝް އަދި އަރަބި ދަރިކޮޅުގެ ބަޔަކާ ދެމެދު -- ފޮޓޯ: ސްކްރީން ގްރޭބް


ހުޅުލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހިންގި ބޮޑު މާރާމާރީއެއްގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާދެނީ

2 އޭޕްރީލް 2025 - 13:33 0

ހުޅުލެ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއްގެ މެދުގައި ހިންގި ބޮޑު މާރާމާރީއެއްގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެކި ވަރުގެ އަނިޔާވެގެން މަދުވެގެން 10 ބިދޭސީއަކަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިޓުގައި މަސައްކަތް ކުރި ޗައިނާ، ބަންގްލަދޭޝް އަދި އަރަބި ދަރިކޮޅުގެ ބަޔަކާ ދެމެދެވެ. ހޮސްޕިޓަލަށް ގެންދިޔަ ބައެއްގެ ވީޑިއޯ މި ނޫހަށް ލިބިފައިވާއިރު އޭގެން ފެންނަނީ އަރަބި ދަރިކޮޅުގެ ބަޔަކު އަނިޔާވެފައި ތިބި މަންޒަރެވެ.

އެ މައްސަލައިގައި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެ އެވެ. މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ވެސް އަދި ނޭނގެ އެވެ.