އެމެރިކާގެ ބޮން އަޅާ ބޯޓުތައް ޑިއެގޯ ގާސިއާއަށް

2 އޭޕްރީލް 2025 - 01:31 0

އަހުމަދު އާއިދު

އ

ޑިއެގޯ ގާސިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި އެ ގައުމުގެ ބީ-2 ބޯޓުތަކެއް ---- ފޮޓޯ: ދަ ޓެލެގްރާފް / ޕްލެނެޓް ލެބްސް


އެމެރިކާގެ ބޮން އަޅާ ބޯޓުތައް ޑިއެގޯ ގާސިއާއަށް

2 އޭޕްރީލް 2025 - 01:31 0

އެމެރިކާގެ އެންމެ ފަހުގެ ބޮން އަޅާ ބޯޓުތައް، އެ ގައުމުގެ އަސްކަރީ ބޭހެއްގެ ގޮތުގައި ބޭނުންކުރާ ފޯޅަވަހި (ޑިއެގޯ ގާސިއާ) އަށް ފޮނުވައިފި އެވެ.

އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ބީ-2 ބޯޓުތައް ޑިއެގޯ ގާސިއާއަށް ފުރަތަމަ ފޮނުވީ މާޗު، 27 ގަ އެވެ. އޭރު އެ މަރުކަޒުގައި ތިން ބޯޓު އޮތެވެ.

ސެޓްލައިޓު ފޮޓޯތަކަށް ބަލައިގެން ޓެލެގްރާފުން އެންމެ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަރުކާގެ އިތުރު ބޯޓުތަކެއް ޑިއެގޯ ގާސިއާއަށް ފޮނުވާފައި ހުއްޓެވެ.

އެމެރިކާއިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ދޭ ހަމަލާތަކަށް މި މަރުކަޒު ބޭނުންކުރާކަމަށް މީގެ ކުރިން ވެސް އެކި ފަރާތްތަކުން ތުހުމަތު ކޮށްފައިވެ އެވެ.

އަދަދުގެ ޓީމުން ހޯދި ހޯމަ ދުވަހުގެ ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ދުވަހު ޑިއެގޯ ގާސިއާގައި ފަސް ބީ-2 ބޯޓު އޮތެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސީއައަށް މި ބޯޓުތައް ގެނެސްފައި މިވަނީ އިރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމަށް ތަބާނުވެއްޖެނަމަ އިރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމް ދެއްވާފައިވަނިކޮށެވެ.

ޓްރަމްޕުގެ އިންޒާރުގެ ރައްދުގައި ޑިއެގޯ ގާސިއާއަށް ހަމަލާދޭނެ ކަަމަށް އިރާނުން ވެސް ވަނީ ބުނެފަ އެވެ.

އީރާނާއި ޑިއެގޯ ގާސިއާއާ ދެމެދު 2،390 މޭލުގެ ދުރުމިނެއް ހުރެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ ހޮރަމްޝަހްރު މިސައިލް އަދި ޝަހީދު-136ބީ ޑްރޯން ބޭނުންކޮށްގެން ޑިއެގޯ ގާސިއާއަށް ހަމަލާ ދެވޭނެ އެވެ. ޝަހީދު ޑްރޯންގެ ރޭންޖަކީ 2،485 މޭލެވެ.

އިނާރުން ގަބޫލުކުރާ ގޮތުގައި އެ ގައުމަށް ހަމަލާދޭން އެމެރިކާއިން ބޭނުންކުރާނީ ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒެވެ.

ޑިއެގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޖުމްލަ 4،000 އެއްހާ ސިފައިން މަރުކަޒުވެގެން ތިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މަރުކަޒުގެ އިތުރުން އޭޝިއާ އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެހެން އަސްކަރީ މަރުކަޒުތަކަށްވެސް އީރާނުން ރައްދު ހަމަލާއެއް ދީފާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.