އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޓެރިފްގެ ސިޔާސަތުގެ ސަބަބުން އިންފްލޭޝަނަރީ ޕްރެޝަރު ބޮޑުވެ، އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ އެވެ.
ރަނުގެ އަގު ހުރީ އައުންސެއް 3،145.38 ޑޮލަރުގަ އެވެ. އެއީ މިހާތަނަށް ރަނުގެ އަގު އެންމެ މައްޗަށް އުފުލުނު ފަހަރެވެ.
""އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެމެރިކާއިން ރެސިޕްރޯކަލް ޓެރިފް އަޅާނެކަން ކަށަވަރުވުމާއެކު މާކެޓުގެ ބައިވެރިން ޑިފެންސިވް ސްޓޭންޑަކަށް މިސްރާބު ޖަހާފައިވާއިރު، ބައެއް މީހުން ޑީ-ރިސްކް ކޮށް، ސެފް-ހެވަންއަކަށް ރަނުގައި އިންވެސްޓުކުރީ،" މައުދަނުގެ ބާޒާރު ދިރާސާކުރާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ރަނުގެ އަގު އައުންސަކަށް 3،200 ޑޮލަރަށް އުފުލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ނިއުޔޯކް ފެޑެރަލް ރިޒާވްގެ ރައީސް ޖޯން ވިލިއަމްސް ވިދާޅުވީ އިންޓްރެސްޓް ރޭޓުތައް މިހާރު އޮތް މިންވަރަށް "ދުވަސްކޮޅަކަށް" ހިފެހެއްޓުމުން އޮފިޝަލުންނަށް ލިބެން ހުރި ޑޭޓާތައް ދިރާސާކޮށް ދެން ކުރަން ޖެހޭ ކަންކަން ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރިހީގެ އަގު 0.2 އިންސައްތައިން އުފުލި އައުންސެއް 34.13 ޑޮލަރަށް ހުރި އިރު، ޕްލެޓިނަމް 992.70 ޑޮލަރަށް އަދި ޕެލެޑިއަމްގެ އަގު 0.8 އިންސައްތައިގެ ކުރިއެރުމަކާއެކު 990.34 ޑޮލަރަށް ވަނީ އަރާފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment