މެންޗެސްޓާ (ޑިސެމްބަރު 28) - ސްޕެއިންގެ ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ހޯދުމަށް މެންޗެސްޓާ ސިޓީ އިން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޑްރީގޯ ހޯދަން ސިޓީގެ އިތުރުން ވެސް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން މަސައްކަތް ކުރި ކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އެ ކްލަބްތަކުގެ ތެރޭގައި ލިވަޕޫލް ވެސް ހިމެނެ އެވެ.
ރޮޑްރީގޯ ބުނީ މިދިޔަ ޓްރާންސްފާ މާކެޓުގައި އޭނާ ހޯދަން ސިޓީ އިން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އޭނާގެ ހުރިހާވެސް ފޯކަސް އެއް ހުރީ ރެއާލްއާ އެކު ކާމިޔާބު ހޯދުމަށް ކަމަށް ރޮޑްރީގޯ ވަނީ ބުނެފަ އެވެ. .
ރިޕޯޓްތައް ބުނާ ގޮތުން ރެއާލުންވެސް ރޮޑްރީގޯ ވިއްކާލަން ބޭނުމެއް ނުވެ އެވެ. އަދި އެ ކްލަބުން ބޭނުންވަނީ ދިގު މުއްދަތަކަށް ރޮޑްރީގޯ އެ ކްލަބުގައި މަޑުކުރުމަށެވެ. އަދި 2028 އަށް މިހާރު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތްތަނުގައި 2030 އަށް އާ ކުރަންވެސް ރެއާލުން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޮޑްރީގޯ ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގު އަދި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
Comment