Advertisement

އެޗްޑީސީގެ ބޯޑު 13 މެންބަރުންނަށް އިތުރުކުރަނީ

about 19 hours 1

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީސް އިމާރާތް: އެ ކުންފުންޏަކީ ދައުލަތުގެ އެންމެ ބޮޑު ކުންފުނި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެޗްޑީސީގެ ބޯޑު 13 މެންބަރުންނަށް އިތުރުކުރަނީ

about 19 hours 1

ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑަށް އިތުރު ދެ މެންބަރުން އިތުރުކޮށް، ބޯޑު މެންބަރުންގެ އަދަދު 13 އަަށް އިތުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުއްދަ ދީފި އެވެ.

އެޗްޑީސީގެ ބޯޑުގައި މިހާރު ތިބެނީ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރު ހިމަނައިގެން 11 މެންބަރުންނެވެ. މި އަދަދު އިތުރުކުރަން އެ ކުންފުނިން ބޭނުންވާ ކަމަށް އެޗްޑީސީން އެދުމުން ޕީސީބީން ވަނީ ހުއްދަ ދީފަ އެވެ. މިކަން ޕީސީބީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"މިއަދުގެ ވަގުތެއްގައި ވާނީ [ބޯޑު މެންބަރުން އިތުރުކުރަން] ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހުއްދަ ދީފައި" ޕީސީބީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޗްޑީސީގެ މިހާރުގެ ބޯޑު

  • ޗެއާޕާސަން - އަހުމަދު ނާސިފް
  • މެނޭޖިން ޑިރެކްޓަރު - މައުރޫފް ޖަމީލު
  • ބޯޑު ޑިރެކްޓަރު - އަޒްހަރު އަބްދުﷲ ސައީދު
  • ބޯޑު ޑިރެކްޓަރު - އިބްރާހިމް ޔޫސުފް ފުޅު
  • ބޯޑު ޑިރެކްޓަރު - މުހައްމަދު ވިޝާމް
  • ބޯޑު ޑިރެކްޓަރު - އުލާ މުހައްމަދު ރަޝީދު
  • ބޯޑު ޑިރެކްޓަރު - އާރިފް އަބްދުލް ސަމަދު
  • ބޯޑު ޑިރެކްޓަރު - މުހައްމަދު ނާޖިލް
  • ބޯޑު ޑިރެކްޓަރު - މުހައްމަދު ވަހީދު
  • ބޯޑު ޑިރެކްޓަރު - ފާތިމަތު މިޒްނާ އަލީ
  • ބޯޑު ޑިރެކްޓަރު - ޔޫސުފް ވަހީދު

އެޗްޑީސީގެ ބޯޑު މެންބަރުން އިތުރުކުރަން މަސައްކަތް ފަށާފައިވާއިރު، ގޯތި ވައްކަމުގެ މައްސަލައިގައި ސަސްޕެންޑުކުރި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުންގެ ސަސްޕެންޝަން ވަނީ މިއަދުގެ ވަގުތެއްގައި އުވާލާފަ އެވެ. ބޯޑު މެންބަރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ފުލުހުން ފެށި ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ޕީސީބީން އޭރު ބުނެފައިވެ އެވެ.

އެޗްޑީސީއަކީ ދައުލަތުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި ކުންފުންޏެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި ހުރި ހަރުމުދަލުގެ އަގު 42.5 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.