Advertisement

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، 42 އަހަރުގެ ހިދުމަތަށް ފަހު ބޭންކުން ވަކިވަނީ

about 11 hours 1

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން: އޭނާ އެ ބޭންކުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވާފައިވޭ -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، 42 އަހަރުގެ ހިދުމަތަށް ފަހު ބޭންކުން ވަކިވަނީ

about 11 hours 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ފަހު، ބޭންކުގެ ވަޒީފާއިން ވަކިވާން އާއިޝަތު ނޫރައްދީން މިއަދު ނިންމަވައިފި އެވެ.

ބީއެމްއެލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރި ޕޯސްޓުތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު، އިސްތިއުފާއާ ގުޅިގެން އާއިޝަތު ބޭންކުގެ މުވައްޒަފުންނަށް ފޮނުވި މެސެޖުގެ ކޮޕީއެއް ވެސް "އަދަދު" އަށް ވަނީ ލިބިފަ އެވެ.

އޭނާގެ މެސެޖުގައި އައިޝަތު ވިދާޅުވީ، އޭނާ ބޭންކާ ދުރަށް ދަނީ 42 އަހަރު ބޭންކުގައި ހިދުމަތް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ބީއެމްއެލްއަކީ އޭނާގެ ހިތުގައި ވަރަށް އަބަދު ވެސް ވަރަށް ހާއްސަ މަގާމެއް އޮންނާނެ ތަނެއް ކަން ފާހަގުކުރަމުން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ބޭންކަށް ގިނަ ކުރިއެރުންތަކެއް ލިބި ގޮންޖެހުތަކާ ވެސް ކުރިމަތިލާފައި ވާނެ ކަމަށެވެ.

އައިޝަތުގެ މެސެޖުގައި ބޭންކުގެ މުވައްޒަފުންނަށް ތައުރީފުކޮށް، އެ މުވައްޒަފުންނަށް ދެއްވި ނަސޭހަތުގެ ބަސްކޮޅެއްގައި، މުވައްޒަފުންގެ ހަމަތަކާއި އުސޫލުތަކުގައި ސާބިތުވެ ތިބުމަށާއި އެކަކު އަނެކަކަށް އޯގާތެރިވުމަށް ވިދާޅުވެފައިވެ އެވެ.

"ބޭންކުގެ ވަފާތެރި މުވައްޒަފުންގެ ގޮތުގައި ތިޔަ މުވައްޒަފުން، އަބަދުވެސް ވެފައިވަނީ އެންމެ އިސް އަހަންމިއްޔަތުކަމެއް ދެވޭ ކަމަކަށެވެ. މިކަން މިގޮތުގައި ދެމިއޮންނާނެކަމާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޭންކު ތަރައްގީވަމުންދާނެކަމާއި، އަބަދު ވެސް ގޮންޖެހުންތަކާ ކުރިމަތިލައި އަދި ކާމިޔާބީތައް ފާހަގަކުރަމުންދާނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް،" އާއިޝަތު ވިދާޅުވި އެވެ.

ގިނަ އަހަރުތަކެއްގެ ހިދުމަތަށް ފަހު އާއިޝަތު ބޭންކުން ވަކިވީއިރު، ބޭންކުގެ ކާޑުތަކުގެ ޑޮލަރު ލިމިޓު އުވާލީ މައްސަލައިގައި އޭނާ ބޭންކުގެ ބޯޑުން ވަކިކުރި ކަމަށް ޕްރިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީއެއް ފޮނުވުމުން، އޭނާ ވަނީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.