Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

about 19 hours 0


މިއަދުގެ ހަބަރުތައް ކުރުކޮށް

about 19 hours 0

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ގެނައުމުގެ ގަވާއިދަށް އިސްލާހުތަކެއް

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދަ އާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފި އެވެ.

މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ހުއްދަ ނުނަގައި އެފަދަ ދިރޭ އެއްޗެއް އެތެރެކޮށްފިނަމަ ކޮންމެ އެއްޗަކަށް 30,000ރ. ގެ މަގުން ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ނެތިދިޔުމުގެ ބީރުހީވެފައިވާ ދިރޭތަކެތީގ ވިޔަފާރި ކުރެ އެވެ. ހުއްދަ ނަގައިގެން ކުރަން ޖެހޭ މިކަމުގެ ޝަރުތުތަކާ ހިލާފުވާ މީހުން 50,000ރ. އާ ހަމަަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާ ބަޔާނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސްގެ އޮފީސް ހަދަން އިމާރާތެއް ހޯދަނީ

އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ހިންގުމަށް ބޭނުންވާ އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ. މި އިމާރާތް ހޯދަނީ 10 އަހަރުގެ މުއްދަތަކަށެވެ.

އެ އިމާރާތަކީ 13,500 އަކަފޫޓު ހުންނަ ޖާގަ ތަނަވަސް އިމާރާތަކަށް ވާން ޖެހޭ ކަމަށް އިލެކްޝަންސްއިން ބުނެ އެވެ.

މިވަގުތު އިލެކްޝަންސް ހިންގަމުން ދަނީ އެމްޕީއެލްގެ ޕޯޓް ކޮމްޕްލެކްސް އިމާރާތުގަ އެވެ. އަދި, ކޮންމެ ބޮޑު އިންތިހާބަކާ ދިމާކޮށް މައި މަރުކަޒު ގާއިމުކުރަނީ އަބަދުވެސް ދަރުބާރުގޭގަ އެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު މެޓް އޮފީހުން ނެރެފި އެވެ.

އެ އެލާޓު މެޓުން ނެރުނީ މާލެ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް 11:30 އިން 15:30 އަށް އުދަ އަރާނެ ކަމަށް ލަފާކޮށެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ރަށްތަކަށް އުދަ އެރުމުގެ ހާދިސާތައް ދިމާވެ އެވެ. ފަހަކަށް އައިސް އުދައިގައި ލިބޭ ގެއްލުންތައް ދަނީ ބޮޑުވަމުންނެވެ.