Advertisement

އޯޝަން ކަނެކްޓުގެ ސަބްމެރިން ކޭބަލު އޮޕަރޭޝަނަށް ގެންނަން 231 މިލިއަން ރުފިޔާގެ ލޯނެއް ނަގަނީ

26 ސެޕްޓެންބަރު 2024 - 13:00 0

އަމަން ހަލީމް

އަމަން ހަލީމް

އޯޝަން ކަނެކްޓް ސަބްމެރިން ކޭބަލް ގުޅައިލި ލޭންޑިން ސްޓޭޝަން. ފައިލް ފޮޓޯ/އަދަދު


އޯޝަން ކަނެކްޓުގެ ސަބްމެރިން ކޭބަލު އޮޕަރޭޝަނަށް ގެންނަން 231 މިލިއަން ރުފިޔާގެ ލޯނެއް ނަގަނީ

26 ސެޕްޓެންބަރު 2024 - 13:00 0

އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިން ރާއްޖެއަށް ގެނެސްފައިވާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް، "އޯސީއެމް-އައިއޭއެކްސް" އޮޕަރޭޝަނަށް ގެންނަން ބޭނުންވާ 231 މިލިއަން ރުފިޔާގެ ލޯނު ނަގަން ސަރުކާރުން ސޮވަރިން ގެރެންޓީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ސޮވަރިން ގެރެންޓީތަކުގެ މައުލޫމާތުން ދައްކާ ގޮތުގައި، ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ދިވެހި ރުފިޔާ ލޯނަކާއި ޑޮލަރު ލޯނެއް ނަގަން ސަރުކާރުން ވަނީ އޯސީއެމްއަށް ސޮވަރިން ގެރެންޓީއެއް ދޫކޮށްފަ އެވެ. އެއީ:

  • ދިވެހި ރުފިޔާއިން - 115,650,000ރ.
  • ޔޫއެސް ޑޮލަރުން - 7,500,000.00 ޑޮލަރު (115،650،000ރ.)
  • ޖުމްލަ - 231 މިލިއަން ރުފިޔާ

ސަރުކާރުން ސޮވަރިން ގެރެންޓީ ދީފައި އޮތް ނަމަވެސް މިހާތަނަށް މި ލޯނު ޑިސްބާސް ނުކުރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިކަން ކަށަވަރުކުރަން އޯސީއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

އޯސީއެމް-އައިއޭއެކްސް ކޭބަލް އޮޕަރޭޝަނަށް ގެންނަން ލޯނެއް ނަގަން މަސައްކަތް ކުރަމުން އަންނަ އިރު، ކުރީ ސަރުކާރުން މަޝްރޫއު ރޭވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން އޭރު ބުނީ އެގޮތަށް ނިންމީ އެ މަޝްރޫއު އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހުގައި، ކެބިނެޓުގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތުން އެ މަސައްކަތަށް ބޭނުންވާ އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިޔަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.