Advertisement

15 އަަހަރަށް ފަހު އެމެރިކާގެ ކުޅުންތެރިއަކު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް

7 ސެޕްޓެންބަރު 2024 - 19:21 0


15 އަަހަރަށް ފަހު އެމެރިކާގެ ކުޅުންތެރިއަކު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް

7 ސެޕްޓެންބަރު 2024 - 19:21 0

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - ޔޫއެސް އޯޕަންގެ ފައިނަލުން ފުރުސަތު ހޯދައި، ޓޭލާ ފްރިޓްޒް، 15 އަހަރު ތެރޭ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުން ފުރުސަތު ހޯދި އެމެރިކާގެ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ފްރިޓްޒް މޮޅުވީ، ސެމީގައި ފްރާންސެސް ޓިއާފޯއާ ކުޅެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 4-6 7-5 4-6 6-4 6-1 އިންނެވެ.

ފްރިޓްޒް އަކީ، 2009 ވަނަ އަހަރު ވިމްބަލްޑަން ފައިނަލަށް، އެމެރިކާގެ ޓެނިސް ތަރި، އެންޑީ ރޮޑިކް ދަތުރުކުރި ފަހުން ގްރޭންޑް ސްލޭމެއްގެ ފައިނަލުގައި ކުޅޭ އެމެރިކާގެ ފުރަތަމަ ކުުޅުންތެރިޔާ އެވެ. އެންމެ ފަހުން ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި އެމެރިކާގެ ކުޅުންތެރިޔަކީ ވެސް ރޮޑިކް އެވެ. އެއީ، 2003 ވަަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ.

އެންމެ ފަހުން، ޔޫއެސް އޯޕަން އެއްގެ ފައިނަލުގައި އެމެރިކާގެ ކުޅުންތެރިއަކު ވާދަކުރީ، 2006 ވަަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ރޮޑިކް ވަނީ ބަލިވެފަ އެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ފްރިޓްޒް ބައްދަލުކުރާނީ ދުނިޔޭގެ އެއް ވަނައިގައި އޮތް އިޓަލީގެ ޖެކް ސިނާއާ އެވެ. ސިނާ ވަނީ ސެމީ ފައިނަލުގައި އިނގިރޭސި ތަރި، ޖެކް ޑްރެޕާ ބަލިކޮށްފަ އެވެ. ޑްރެޕާ މަސައްކަތްކުރީ އޯޕަން އީރާގައި، ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރާ އިނގިރޭސި ތިން ވަނަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށެވެ. އެކަމަކު، އެކަން ހާސިލެއްނުވި އެވެ.

ސިނާ އާއި ފްރިޓްޒް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ، އާދިއްތަ ދުވަހު އެވެ.