1 ސެޕްޓެންބަރު 2024 - 04:24 7
އަމަން ހަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލާގެ ސިންގަޕޫރުގައި: މައްސަލަ ޖެހުނު ފޮޓޮއަކީ މި ފޮޓޯ އާންމުކުރީ "ހަސަން ކުރުސީ" އެކައުންޓުން -- ފޮޓޯ: ހަސަން ކުރުސީ/އެކްސް
1 ސެޕްޓެންބަރު 2024 - 04:24 7
މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އެ މީހާ ސިންގަޕޫރުން އައިސް ފްލައިޓުން ފޭބި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އެ މީހާގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އެ މީހާއާ ސުވާލުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކޯޓުން އަމުރު ނެރުނީ ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ:
ބެލެވޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފޮޓޮއަކީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން އާންމުކުރި ފޮޓޯއެކެވެ.
އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި، މެޑިކަލް ޗެކަޕަކަށެވެ.
ރައީސްގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރި، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
މި ހަބަރު ފުރަތަމަ ޝާއިއުކުރިއިރު، ދުވަސްކޮޅެއް ކުރިން ފޮޓޮއެއް ނެގީ ސްޓޭޓް މިނިސްޓަރެއް ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
12.50%
0.00%
87.50%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސަމުތިން
7 months ago
އެއީ ފޮޓޯ ނެގުމަށްވުރެ، ކުރުސީ ހޯދަން ފަސޭހައަކަށް ކަމަށް ބެލެވެނީ
ޢަހުމަދުކަލޯ
7 months ago
ރައީސް އެއްގެ ފަހަތުއަޅުވައި ފާރަލުމުގެ ނަތީޖާ ވަރަށް ދެރަވަރުގޮތަކަށް ނިމިދާނެ.
ސިލްމާ ޒާހިރު
7 months ago
ޢާންމު ތަނެއްގައި އުޅެނިކޮށް ކޮންމެ މީހެއްގެ ފޮޓޯ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން މަނާކަމެއް ނޫން. މާބޮޑަށް މިކަންކަމާ އަޅައިގަނެެގެން އުޅެންޏާ ރައްޔިތުންގެ ވޯޓުން ގެއަށް ފޮނުވާލާނެ.
ހަހަހަހާ
7 months ago
ތިވަރުން ތަންތަނަށް ނުދާން ވީނު.. މޯލް ތަކަކީ ވަކިބަޔަކު ދާން އޮންނަ ތަނެއް ނޫން ދޯ.. ބޮޑާ ވިޔަސް ތީ ބޮޑުވަރު..
އަލިބަ
7 months ago
ބަލާވެރިކަން ތިކުރަނީ އާފަހެ ޕޮޓޯނެގީ އަމިއްލަގޭގެ ފާހާނާގައި ހުއްޓާތާ
ހަސަން ކެރޯސީން
7 months ago
ފޮޓޯ ނެގުމަކީ މަނާކަމެއްތޯ ، އެމޯލް އެއީ އެމީހުންގެ އާރއްތޯ ،ސައިޒް އޮލުނަސް ތީ ބޮޱުވަރު ، ލޭން ވަގު
ކިލަމަންޑާ
7 months ago
ވެރިއެއްގެ ވެރިވަންތަކަން ދައްކަން އުޅޭ ކޮންމެ ވެރިކަމެއް ރައްޔިތުންގެ ބާރުގައި ނެތިކޮށްލެވިފައި ވަނިކޮށް ދުނިޔޭގެ މާޒީ ބުނެދެނީ
Comment