11 އޮގަސްޓު 2024 - 09:16 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ޖައިޝަންކަރު އާ އިއްޔެ ބައްދަލުކުރައްވަނީ: އެމަނިކުފާނު ވިދާޅުވީ ހާރިޖީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށް --- ފޮޓޯ: ރައީސް އޮފީސް
11 އޮގަސްޓު 2024 - 09:16 0
އިދިކޮޅުން ތުހުމަތުކުރާ ގޮދާ ހިލާފަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތައް ބަދަލެއް ނާންނަ ކަމަށާއި، ހާރިޖީ ސިޔާސަތާ ގުޅިގެން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން ދަނީ ކެމްޕޭން ފެށިއިރު ވެސް ހާމަކުރި ސިޔާސަތު ކަމަށެވެ.
ރައީސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ސިފަކުރެއްވީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ހިމާޔަތްވާކަން ޔަގީން ކުރެވޭ ގޮތަށް، އެއްބާރުލުން ލިބޭ ހުރިހާ ގައުމަކާ އެކު، ތަފާތުކުރުމެއްނެތި، ގާތްގުޅުން ބޭއްވުން ކަމަށެވެ.
"އެ ސިޔާސަތުން ކަސިޔާރުވެގެން އެއްކައިރިއަށް ދިޔަ އެއްވެސް ވަގުތެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މައާފަށް އެދެން ޖެހޭ ސަބަބެއް ނެތެއްނޫންތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން މިދިޔަ ސެޕްޓެމްބަރު މަހު ވޯޓު ދިނީ އެ ސިޔާސަތައް ކަމަށާއި ވެރިކަމަށް މިވީ ދުވަސްތަކުގެ ތެރޭ ސިޔާސަތު ބަދަލުނުކުރާ ކަމަށެވެ.
ރައީސްގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް އެމްޑީޕީގެ މަރުހަބާ
އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގި ފިތުނަވެރި ކެމްޕެއިނެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާތީ އެމްޑީޕީން މަރުހަބާކީ
ރައީސްގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް އެމްޑީޕީގެ މަރުހަބާ
އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގި ފިތުނަވެރި ކެމްޕެއިނެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާތީ އެމްޑީޕީން މަރުހަބާކީ
ރައީސް މިއަދު ރައްދު ދެއްވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔައި، ކުރިން އޮޅުވާލި އޮޅުވާލުމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލި ގޮވާލުމަށެވެ.
"އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގުނު ހަގީގަތާ ހިލާފު ފިތުނަވެރި ކެމްޕެއިނެއް. އެކަމަކު ނުވަ މަސް ދުވަސްވީއިރު އެކަން ސަރުކާރުން ގަބޫލުފުޅު ކުރައްވައި އަލުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަން ފެއްޓެވި ކަމީ އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް،" ޝާހިދު ރޭ ވިދާޅުވި އެވެ.
ޝާހިދު، ޖައިޝަންކަރުއާ ބައްދަލުކުރެއްވީ އޭނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށްވާ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިންޑިއާއާއެކު ގުޅުން ގޯސްވެފައި އޮތްވާ، މި ސަރުކާރުން އެ ގައުމާއެކު ގުޅުން ބަދަހިކުރަން މަސައްކަތް ފަށާފައިވަނިކޮށެވެ.
އެ ގައުމާއެކު ގުޅުން ގޯސްވީ އިދިކޮޅުގައި ތިބެ ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނާއި ވެރިކަމާ ހަވާލުވުމަށްފަހު ރައީސް އިންޑިއާއަށް ރައްދުކޮށް ވިދާޅުވި ގަދަބަސްތަކުގެ ސަބަބުންނެވެ. ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރުމަކީ ވެސް ހާރިޖީ ނުތަނަވަސްކަން އިތުރުވި ސަބަބެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment