1 ޖުލައި 2024 - 08:03 3
އަމަން ހަލީމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ ގަވަރުނަރަކަށް އައްޔަނުކުރީ ސޯލިހު ސަރުކާރުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
1 ޖުލައި 2024 - 08:03 3
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަލު އަލީ ހާޝިމް އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މާލިއްޔަތު ކޮމިޓީން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.
ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރައްވަމުން ވެސް ގަވަރުނަރު ހާޝިމަށް މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
މެމްބަރު ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށެވެ.
އެގޮތުން އޭނާ ތިން ކަމެއް ފާހަގަކުރި އެވެ. އެއީ:
އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.
މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވާއިރު، ރާއްޖޭގެ އިގުތިސޯދަށް ދިމާވެގެން އުޅޭ މައްސަލަތަކަކީ މަނިޓަރީ ޕޮލިސީގައި މައްސަލައެއް އުޅޭތީ ދިމާވެގެން އުޅޭ ކަމެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާއަކުން ނުބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޓިނު
9 months ago
ހުވާކުރިތާއަދިމަސްދުވަސްވީ' މިދެންބޮޑުވަރު- ބަޖެޓަށްްވަނީލަފާދީފަދެންއަދިލަފައެއްނުދީގެންއުޅޭވަރެއްނުވޭ
ސައިޚް
9 months ago
ޔާމީނުވެސް ކުޅުނު ކުޅިގަނޑު، ރަނގަޅައް ވައްކަން ހިންގޭނީ ވަކިކޮއްގެންދޯ.؟ އެކަމުގެ ފުރިހަމަ ތަޖުރިބާ ހުރި މީހުން މިހާރު ސަރުކާރުގަ ތިބީވެސް، ކުރިއައް ގެންދޭ، ފަހައްވެސް ވިސްނާލާތި.
ޙހހގ
9 months ago
އަދުރޭ ތިތަނަށް އެންމެ ފިޓުވާނީ.. ގައުމެއްގެ ހަލާކުގެ ވިލާތައް މިއޮއް ބޯމަތިވަނީ..
Comment