Advertisement

މާލެއިން 1120 ޕާކިން ސްލޮޓު ކުއްޔަށް ދީގެން 17 މިލިއަނުގެ އާމްދަނީ އެއް ކައުންސިލުން ހޯދައިފި

28 ޖޫން 2024 - 13:34 0

ނިމާ ހަސަން

ނިމާ ހަސަން

މާލެއިން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓެއް; ޕާކިން ސްލޮޓު ކުއްޔަށް ދޫކޮށްގެން ކައުންސިލަށް 17 މިލިއަނުގެ އާމްދަނީއެއް ލިބުނު -- ފޮޓޯ: އަދަދު


މާލެއިން 1120 ޕާކިން ސްލޮޓު ކުއްޔަށް ދީގެން 17 މިލިއަނުގެ އާމްދަނީ އެއް ކައުންސިލުން ހޯދައިފި

28 ޖޫން 2024 - 13:34 0

މާލެ އިން 1120 ޕާކިން ސްލޮޓް ކުއްޔަށް ދޫކޮށްގެން މާލެ ސިޓީ ކައުންސިލުން 17.6 މިލިއަނު ރުފިޔާގެ އާމްދަނީ އެއް ހޯދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދިގެން ސިޓީ ކައުންސިލުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 2022 އިން ފެށިގެން މެއި 27, 2024ގެ ނިޔަލަށް, ސިޓީ ކައުންސިލުން ކުއްޔަށް ދުކޮށްފައިވާ ސްލޮޓްތަކުގެ ކުލީގެ ގޮތުގައި އެ ކައުންސިލަށް ޖުމްލަ 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައި ވަނީ މާލޭގެ ފަސް ތަނަކުންނެވެ. އެއީ:

  • މާލޭ މަގުތަކުން 941 ސްލޮޓް
  • ކާނިވަ ސަރަހައްދުން 63 ސްލޮޓް
  • މަޖީދިއްޔާ ސްކޫލު ކުރިމަތިން 8 ސްލޮޓް
  • ސަލްމާން މިސްކިތު ޕާކިން އިން 65 ސްލޮޓް
  • މަޖީދީ ޕާކިން އިން 43 ސްލޮޓް

މާލޭ މަގުމަތިން ދޫކުރި ބައެއް ޕާކިން ސލޮޓްތައް މިހާރު ވަނީ ކާނިޔާ ސަރަހައްދާއި މ. ދަންޑެހިލަ ގޯއްޗަށް ބަދަލުކޮށްފަ އެވެ. އެއީ މާލޭގެ މަގުގެ ތާށި ކަމާ ހެދި އެވެ. ބަދަލު ކުރި ޕާކިންތަކަކީ ހަނި މަގުތަކާއި, ބަސް ދަތުރުކުރާ މަގުތައް އަދި ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ހިމެނޭ ޕާކިންތަކެވެ.

މި ސްލޮޓްތަކަށް އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބުނީ ތިން އަހަރުގެ ތެރޭގަ އެވެ. އެގޮތުން:

  • 2022 ގައި 1.4 މިލިއަން ރުފިޔާ,
  • 2023 ގައި 10.8 މިލިއަން ރުފިޔާ, އަދި
  • މެއި 27, 2024ގެ ނިޔަލަށް 5.3 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

ކައުންސިލުން ބުނީ ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުން ލިބޭ ފައިސާ ވަކި ކަމަކަށް ހަރަދު ކުރުމަށް އުސޫލެއް ހެދިފައި ނުވާތީ އެ ފައިސާ ވަންނަނީ ކައުންސިލުގެ އާމްދަނީ ބަޖެޓަށް ކަމަށެވެ.