Advertisement

ހައްޖަށް ދިޔަ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފި

26 ޖޫން 2024 - 22:13 0

ނިމާ ހަސަން

ނިމާ ހަސަން

އައިޖީއެމްއެޗް; ހައްޖަށް ދިޔަ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައިފައިވޭ


ހައްޖަށް ދިޔަ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފި

26 ޖޫން 2024 - 22:13 0

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އައި މީހުންނަސް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ, ހައްޖަށް ދިޔަ މީހުންނަށް ހާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ހުޅުވި ފްލޫ ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް ލިބޭނެ ކަމަށެވެ. އަދި އެ ތަނުގައި ޑޮކްޓަރަށް ދެއްކުމާއެކު ލޭގެ ސާމްޕަލް ވެސް ނެގޭނެ ކަމަށެވެ.

އެ ފްލޫ ކްލިނިކް ހުޅުވީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމު 10ގަ އެވެ. އެއީ އެ ހޮސްޕިޓަލް ތެރޭގައި ހުޅުވާފައިވާ ލުއި ބުއިން ސްޓޭންޑު ކައިރީގައި ހުންނަ ކޮޓަރި އެކެވެ.

އައިޖީއެމްއެޗްގެ ހައްޖު ކުލިނިކް


އައިޖީއެމްއެޗުން ހައްޖު ފްލޫ ކްލިނިކެއް ހުޅުވީ, ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އައި ދިވެއްސެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޑިޒީޒް ފެނުމުންނެވެ. އެ ބަލީގެ ޝިކާރައަކަށްވި, ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ވަނީ ރޭގެ ވަގުތެއްގައި ނިޔާވެފަ އެވެ.

އެ ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މެނިންގޮކޯކޮލް ޑިޒީޒް އަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ.

މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.

\